ads
ސަމަންތާ އަކިނޭނީ--
ބަތަލާ ސަމަންތާ ވެސް ވިޔަފާރީގެ ތެރެއަށް
ތެލޫގޫ އަދި ތަމަޅަ ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ބަތަލާ ސަމްތާ އަކިނޭނީ، އަމިއްލަ ފެޝަލް ލޭބަލްއެއް ލޯންޗުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ޓްވީޓާ މެދުވެރިކޮށް އުމުރުން 33 އަހަރުގެ ސަމަންތާ އެކަން އިއުލާންކޮށް ބުނެފައިވަނި "ސާކީ" އަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަދި އެ ހުވަފެން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ. 

ސާކީއަކީ އޭނާގެ ފެޝަލް ލޭބަލްގެ ނަމެވެ. އެގޮތުން ފެޝަނަކީ އޭނާ ވަރަށް ލޯބިކުރާ ކަމެއްކަމުން، އެ މަސައްކަތް ވެސް ކުރަން ބޭނުންވީ ކަމަށް ބުނެ އެވެ.

ސަމަންތާ ބުނީ އޭނާގެ ފެޝަން ލޭބަލްގެ މައިގަނޑު އަމާޒަކީ އެންމަށް ވެސް އަތްފޯރާ ފަށެއްގައި އެފަދަ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.

އެކަމުގެ އިތުރުން ވެސް ފިލްމީ ދާއިރާއިން އަދިވެސް އޭނާ ފެންނާނެ އެވެ. އެގޮތުން އޭނާގެ ކުރިއަށް ދެ ޕްރޮޖެކްޓެއް އެބަ އޮތެވެ. އެއީ ކޮމެޑީ ފިލްމަކާއި ތަމަޅަ ބިރުވެރި ފިލްމެކެވެ.

ސަމްނަތާ ވަނީ އޯ ބޭބީ އާއި ތޭރީ އަދި އަންޖާން އާއި ޔޫޓާންގެ އިތުރުން ޖާނޫ ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް