އެއާއެކު ފުލުހުން ވަނީ އެތަނުގައި ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭކަން އިއުލާންކޮށްފަ އެވެ.
އެކަން ރިޕޯޓުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ގަޑިން ރޭ 12:30 ގައެވެ. އޭގެ ފަހުން އިތުރު ބަޔެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ރިޕޯޓުތައް ވެސް ފުލުހުންނަށް ލިބިފަ އެވެ.
ފުލުހުން ބުނީ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި އަނިޔާވީ ކިހާ ސީރިއަސްކޮށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އެ ހަމަލާތައް ދިން ސަބަބު ވެސް އަދި ދެނެގަނެވިފައެއް ނުވެ އެވެ.
"މޭޖާ އިންސިޑެންޓް" ނު ވަތަ ބޮޑު ހާދިސާއެއް ކަމަށް ފުލުހުން ކަނޑައަޅަނީ އާއްމުންނަށް ސީރިއަސް ގެއްލުމެއް ނުވަތަ ނުރައްކަލެއް ހިމެނޭ ފަދަ މައްސަލަތަކުގަ އެވެ.
އަދި އެފަދަ ހާލަތެއް ކަނޑައަޅައިފި ނަމަ ހުރިހާ އެމެޖެންސީ ހިދުމަތްތަކެއް އެކުގައި މަސައްކަތް ކުރާނެ އެވެ.