ads
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)-- ފޮޓޯ: ޖޭއެސްސީ
ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާނުކުރާ މައްސަލަ ބަލަނީ
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރާކަމަށް ބެލެވޭތީ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ފަށައިފި އެވެ. މަސްއޫލިއްޔަތު އަދާނުކުރައްވާކަމަށް ބުނެ

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަންގެ މި އަހަރުގެ 63 ވަނަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ. 

އެ ބައްދަލުވުމުގައި ކޮމިޝަންގެ އަށް މެމްބަރުން ހާޒިރުވެވަޑައިގެންނެވި އިރު ފަނޑިޔާރު އިބްރާހިމް ޝާހިދުގެ މައްސަލަ ތަހްގީގްކުރުމަށް ތަހްގީގް ކޮމިޓީއެއް އެކުލަވާލެވުނެވެ. އެގޮތުން މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައި ވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އިބްރާހިމް ޝާހިދު އަދާނުކުރާކަމަށް ބެލެވޭތީ ކަމަށް ޖޭއެސްސީ ގެ ބަޔާނުގައި ވެއެވެ.

ޖޭއެސްސީއިން މީގެ ކުރިނަ ވެސް ވަނީ އެކި ކަހަލަ ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ބައެއް ފަނޑިޔާރުން ސަސްޕެންޑު ކުރަން ނިންމައި، އަނެއްބައި ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް