ރިހި މެޑަލް ހޯދީ ހުސައިން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގުގެ ޕެއާ އިންނެވެ. ފައިނަލްގައި އެ ޕެއާ ވާދަކުރީ އަޒަބައިޖާނުގެ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވްގެ ޕެއާއާ ދެކޮޅަށެވެ.
ފައިނަލް މެޗުގައި ދިވެހި ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓް އަޒަބައިޖާނުގެ ޕެއާއިން ކާމިޔާބުކުރީ 23-21 އިންނެވެ. ދެވަނަ ސެޓް ކާމިޔާބުކުރީ 21-18 އިންނެވެ.
މި މުބާރާތުގައި ނަބާހާ ވަނީ އިތުރު މެޑަލެއްވެސް ހޯދާފަ އެވެ. އެއީ ސިންގަލްސް އިވެންޓުން ހޯދި ރަން މެޑަލެވެ. ސިންގަލްސް ފައިނަލްގައި ނަބާހާ ވާދަކުރީ އޭނާގެ ކޮއްކޮ އާމިނަތު ނަބީހާއާ ދެކޮޅަށެވެ.