ފުލުހުން ބުނީ ރ. މަޑުއްވަރީ ކައިރީގައި އޮތް ފަޅު ރަށެއްގެ ފަޅު ތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:09 ގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
އެކަމަކު ރ. އަތޮޅުގައި ހިންގަމުން މީދޫ ޓައިމްސްގައި ރިޕޯޓްކުރާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ރ. މާށިގިރި ކައިރިގަ އެވެ. އެ ހާދިސާ ހިނގިއިރު އޭގައި ހަތަރު މީހުން ތިބި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އެގޮތުން ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން މަޑުއްވަރީގެ ފުލުހުންނާއި އިތުރު ދެ ލޯންޗެއް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް ރިޕޯޓްކުރެ އެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.