ads
އެމްޑަބްލިއުއެސްސީއިން މަސައްކަތް ފެށުން--
މާލޭގައި ފެން ރައްކާކުރާ އިތުރު ދެ ތާންގީ ބަހައްޓަނީ
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ "ވޯޓާ ސެކިއުރިޓި ޕްލޭން" ގެ ދަށުން، މާލޭގައި ފެން ރައްކާކުރާ އިތުރު ދެ ތާންގީ ބެހެއްޓުމުގެ މަޝްރޫއުއެއް ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ދެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯ ގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގައި ކަމަށެވެ.

އެ މަޝްރޫއުގެ މަގްސަދަކީ މާލޭގައި އެމްޑަބްލިއުއެސްސީން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

މިއަދު އެ މަޝްރޫއު އަމަލީ ގޮތުން ފައްޓަވައި ދެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން ކަމަށް ވެސް ބުނެ އެވެ. 

އެ މަޝްރޫއުގެ ދަށުން، ދެ ތާންގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕް ރޫމެއް ވެސް ގާއިމްކުރެވިގެން ދާނެ ކަމަށާއި އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީއަކުވެސް 13،648 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރެވުމާއި އެކު އެ ދެ ތާނގީގައި ޖުމްލަ 27،296 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތްތައް ނިމުމުން އެމްޑަބްލިއުއެސްސީ އިން މާލޭ ސިޓީގައި ފެން ރައްކާކުރެވޭ މިންވަރު ޖުމްލަ 50،296 ކިޔުބިކް މީޓަރަށް އިތުރުވެގެންދާނެ ކަމަށެވެ.

އެ ތާންގީތައް ބެހެއްޓުމުގެ މަސައްކަތްތައް ނިންމާލުމަށް ތާވަލު ކުރެވިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ މަޝްރޫއުއަށް ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ކުންފުނިން އަންދާޒާކުރެ އެވެ.

އޭގެ އިތުރުން ކުންފުނިން ބުނީ ގްރޭޓާ މަލޭ ރީޖަން ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން ކުންފުނިން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވެސް ވަނީ ގާއިމުކޮށްފައި ކަމަށެވެ. އަދި މާލެ ހުލުމާޅެ ބުރިޖު މެދުވެރިކޮށް ކުންފުނި އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެ ކަމަށާއި ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް