
ޓްވިޓާ މެދުވެރިކޮށް ކަންގަނާ ބުނީ އޮފީސް އަލުން ހަދަން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށާއި، ދެން މަސައްކަތް ކުރިއަށް ގެންދާނީ ބިމާ ހަމަކޮށްލާފައިވާ އިމާރާތުގެ ތެރޭގައި ކަމަށެވެ.
އެތަނަކީ މި ދުނިޔޭގައި ނާއިންސާފާ ދެކޮޅަށް އަޑުއުފުލި އަންހެނެއްގެ ހިތްވަރުގެ ރަމްޒުގެ ގޮތުގައި އެތަން އެގޮތަށް ބާއްވާނެ ކަމަށް ވެސް ކަންގަނާ ބުނެފައި ވެއެވެ.
ބްރިހަންމުމްބާއި މުނިސިޕަލް ކޯޕޮރޭޝަނުން ކަންގަނާގެ އޮފީސް ބިމާ ހަމަކޮށްލާފައި ވަނީ ސްޓްރަކްޗާ ހެދުމާ ބެހޭ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އެތަނުން މިދިޔަ އަންގާރަ ދުވަހު ވަނީ ކަންގަނާގެ އޮފީގެ ބޭރުގައި ނޯޓިސް ވެސް ހިއްޕާފަ އެވެ. އޭގައި ވަނީ ގަވާއިދާ ހިލާފަށް ކޮށްފައިވާ 14 ކަމެއް ފާހަގަކޮށްފަ އެވެ.
އެކަމަކު މުމްބާއީގެ ހައި ކޯޓުން ވަނީ ކަންގަނާ އެ މައްސަލަ ކޯޓަށް ވެއްދުމުން، އެ އޮފީސް ތަޅާލުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފަ އެވެ.
އަދި އެ މައްސަލައިގެ އަޑުއެހުމެއް ސެޕްޓެމްބަރު 22 ގައި އޮންނާނެ ކަމަށާއި، އެ ދުވަހު މުނިސިޕަލް ކޯޕަރޭޝަނުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވަނީ އަންގާފަ އެވެ.