ads
ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން---ފޮޓޯ: މަޖިލިސް
ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުން: އަލީ ހުސެއިން
ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުމާއި ބޯނުހިކޭ ދަރަނިކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 5 އަހަރުން ނުވަތަ ހަތަރު އަހަރުން ގައުމެއްގެ ސަރުކާރު ބަދަލުވާ އެއްވެސް ގައުމެއްގެ ބަޔަކު އައިސް ދިވެހިރާއްޖެ ހިފާ އަޅުވެތިކުރަން އެހާ ފަސޭހަ ނުވާނެ ކަމަށެވެ. 

އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުމާއި "ބޯނުހިކޭ" ދަރަނިކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ދަރަނީގެ ޖުމްލަ އަދަދަކީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓެވެ. އެ އަދަދަކީ ފުރަތަމަ ކުއާޓާގައި ހުރި 69.4 ބިލިއަން ރުފިޔާގެ ދަރަންޏާ އަޅާބަލާއިރު ހަ ޕަސަންޓުގެ އިތުރުވުމެކެވެ. 

ދެވަނަ ކުއާޓާގައި އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ވެސް ދައުލަތް ހިންގުމަށް އިތުރު ލޯނުތައް ވެސް ދަނީ ނަގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް