ads
ބ. ކިހާދޫ ކުޑަކުދިންތަކެއް--ފުޓޯ: ކޯޕަރޭޓް މޯލްޑިވްސް
ކިހާދޫ ކުޑަކުދިންގެ ޕާކް ހުޅުވައިފި
ބ. ކިހާދޫ ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި އެވެ.

ޔޫޓް މިނިސްޓަރު މަހްލޫފް ވިދާޅުވީ އެ މިނިސްޓްރީ އާއި ކިހާދޫ ކައުންސިލްގެ ބޮޑު ބައިވެރިވުމާއެކު އެ ރަށުގައި ގާއިމްކުރި ޕާކުގެ މަސައްކަތްތައް ނިންމާ މިއަދު އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. 

އެ މަސައްކަތައް ކައުންސިލުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މިނިސްޓަރު މަހްލޫފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

ކިހާދޫ ކުޑަކުދިންގެ ޕާކް ހުޅުވުން ރަށުގެ ރައްޔިތުން ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު ޔޫތް މިނިސްޓްރީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕާކުތައް ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު ވަނީ އެއްބަސްވުމެއްގައި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. 

ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް