ވާހަކަ: ދުއާ
ވާހަކަ: ދުއާ
01 ޑިސެމްބަރ 2019 - 15:26:40
ކުއްލިއަކަށް ލޯހުޅުވާލެވުނެވެ. ބަނޑަށް އުނދަގޫ ވާން ފެށުމުންނެވެ. އެއާއެކު ބޮލަށް އުނދަގޫވާ ހެން ހީވަމުން ދިޔައެވެ. ބޮލަށް ހީވަނީ އެއްޗެއް އަރުވާފައި އޮތް ހެންނެވެ. އެސްފިޔަ ޖަހައިލެވޭ ތޯ ބަލައިލީމެވެ. އަހަންނަށް ޝައްކު ކުރެވެން ފެށުނެވެ. އަނެއްކާ ވެސް އެސްފިޔަ ޖަހައިލީމެވެ. މިފަހަރު ވެސް ވީ ހަމަ އެހެންނެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ. މަޑުމަޑުން ވައަތް ހިއްލައިލެވޭ ތޯ ބަލައިލީމެވެ.

އަތަށް ހަރަކާތެއް ގެނެވުނީ ލައްކަ ހިތްވަރު ކޮށްގެންނެވެ. އަތް ވެސް ހީވަނީ ދަގަނޑު ގަނޑެއް ހެންނެވެ. އެހައި ވެސް ބަރެވެ. މުށްކަވާލެވިފައިވާ ވައަތް ހުޅުވާލެވޭތޯ އަތަށް ބާރުކޮށްލީމެވެ. އަހަންނަށް ގުޑުވާލެވުނީ ޝަހާދަތް އިނގިލި އެކަންޏެވެ. ބޮޑުވާ އިނގިއްޔަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. ކަށި އިނގިއްޔާއި މެދު އިނގިއްޔަށް އިތުރަށް ބާރުކޮށްލީމެވެ. ކުޑަކުޑަ ހަރަކާތެއް ގެނެވުނެވެ. ނަމަވެސް ތެދުކޮށްލެވޭ ވަރެއް ނުވިއެވެ.
ކަނާއަތް މައްޗަށް ހިއްލައިލީމެވެ. އެއްވެސް ބަރުކަމެއް އިހުސާސެއް ނުވެއެވެ. ބުރަކަމެއް ނެތެވެ. ކުރިއެކޭ އެއްގޮތެވެ. ސިކުނޑީގައި ސުވާލުގެ ފަތިވަރެއް ދައުރުވާން ފެށިއެވެ. ވެގެން އުޅޭ ގޮތެއް ފަހުމު ނުވެގެންނެވެ. ވާން އުޅޭ ގޮތެއް ވެސް ނޭނގޭތީއެވެ. މިއީ ކުރިން ދުވަހަކު ވެސް ދިމާވި ކަމެއް ނޫނެވެ. މި ދަންވަރު ދާނީ ވެސް ކޮން ތާކަށް ހެއްޔެވެ؟ މި ވާހަކަ ދައްކާނީ ވެސް ކާކު ގާތު ހެއްޔެވެ؟ އަނެއްކާ މިއީ ކުށުވެރި ކަމެއް ބާވައެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. ހާމަ ގިފިއްޔަކުން ފެންނުވާރާތާ އެތައް ދުވަހެެކެވެ. ދެ ނަމާދު ދޭތެރޭ އަހަރެން ބޭރަކަށް ނުނިކުންނަމަވެ. ކޮންމެ ކަމެއް ވެސް ފަށަނީ ބިސްމިނުގެ ބަރަކާތުންނެވެ. އެއްޗެއް އެއްލިޔަސް، އެއްޗެއް ބެހެއްޓިޔަސް އެ ސުންނަތަށް ބަދަލެއް ނުގެންނަމެވެ. އަހަންނަކީ ދަންވަރު ބޭރުގައި އުޅޭ މީހެއް ނޫނެވެ. ރޭގަނޑު ގަސްގަސް ދޮށުގައި އަހަރެން ނޯންނަމެވެ. ހެނދުނު ފަށަނީ ޒިކުރުތަކުންނެވެ. އިރުއޮއްސޭނީ އެ ސުންނަތުގައި އިންދައެވެެ. އަަހަންނަކީ ޤުރުއާނުގެ އަޅެކެވެ. ނަމާދު މިތުރެކެވެ. ސުންނަތުގެ އެކުވެރިއެކެވެ. އެހެންވީމަ ޖިންނީންގެ ލޮލަށް އަހަރެން ފެނި ދާނެހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ.
ދެން މި ވަނީ ކޮންކަމެއް ހެއްޔެވެ؟ މިއީ ހުވަފެނެއް ހެއްޔެވެ؟ ނޫނީ އަހަންނަށް މީހަކު ޖެއްސުމެއް ކުރަނީ ހެއްޔެވެ؟ ހަސީނު މަހަށް ފުރިފަހުން އަހަރެންގެ ކޮޓަރިއަށް އިތުރު މީހަކު ނުވަންނާނެއެވެ. އަނެއްކާ ހަސީނު އައީ ހެއްޔެވެ؟ ނުބުނެ އޭނާ އައިސް އަހަންނަށް ސަމާސާ ކުރަނީ ހެއްޔެވެ؟ އޭނާ އެހެން ހަދައިފާނެ ހެއްޔެވެ؟
ނޫނެކެވެ. ހަސީނަކީ އެ ޒާތުގެ މީހެއް ނޫނެވެ. އޭނާ ޖެއްސުމެއް ނުކުރާނެއެވެ. އޭނާ އަހަންނަށް ދެރައެއް ލިބިދާނެ ފަދަ ކަމެއް ނުކުރާނެއެވެ. ގެއްލުމެއް ލިބޭނެ މަގެއް ނުކޮށާނެއެވެ. އެއީ އަހަރެންގެ ދިރުމެވެ. އަހަރެންގެ ހިތްހަމަ ޖެހުމެވެ. އަހަރުމެން މިއީ އެކަކު އަނެއްކަކަށް ޓަކައި ދުނިޔޭގައި އުޅޭ ދެ މީހުންނެވެ. ކައިވެނީގެ ގޮށުގައި ރިހިޔޫބީލްގެ މަރުކާ ހަރުކުރިތާ އެތައް ޒަމާނެއް ވީއެވެ. ދިރިއުޅުމުގެ އަޑިގުޑަން ތަކުން ސަލާމަތްވެ ވިސްނުންތަކާ ދުރުގައި އުޅޭތާ ވެސް އެތައް އަހަރެއް ވަނީއެވެ. ދިރިއުޅުމުގެ ބަގީޗާގައި ފޮޅުނު މާތަކުން ގޭތެރެއަށް އުފާވެރިކަން ލިބި އަހަރެން މި އުޅެނީ ހިތްހަމަ ޖެހިގެންނެވެ. އުފަލުންނެވެ. ފިކުރު ކުރުމެއް، ހާސްވުމެއް ނެތް އުޅުމެއްގައެވެ. ދެ މީހުން ބިނާކުރި ލޯބީގެ ގަނޑުވަރުގައެވެ. ދެން މިއީ ކޮން ކަމެއް ހެއްޔެވެ؟
ޚިޔާލުތައް އެއްފަރާތް ކޮށްލީމެވެ. ސިކުނޑީގައި އުކެމުން ދިޔަ ޞަފުހާތަކުން އަތް ދޫކޮށްލީމެވެ. މަޑުމަޑުން ތެދުވެވޭތޯ ބަލައިލީމެވެ. އާދައިގެ މަތިން އަހަންނަށް އިސްކުރެވުނީ ކަނާއަތް ފަރާތެވެ. އެނދުން ހަށިގަނޑު ހިއްލައި ލެވުނު އިރު ބުރަކަން އިހުސާސްވާން ފެށިއެވެ. ވައަތް ފަރާތުގައި އެއްޗެއް އެލުވާފައިވާ ހެން ހީވިއެވެ. ވައަތް ފަރާތް އާދަޔާ ޚިލާފަށް ބަރުކަމުންނެވެ. މޫނުމައްޗާ ހަަމައަށް އެކަން އިހުސާސްވިއެވެ. ބޮލުގެ ވައަތް ފަޅީގައި ކަނާއަތް ޖައްސައިލީމެވެ. ބޮލުގައި އަތް ލެވުނު ކަމުގެ އިހްސާސެއް ބޮލަކަށް ނުކުރެވުނެވެ. ނަމަވެސް ކަނާއަތު އިނގިލިތަކަށް ބޮލުގައި ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. އަނެއްކާ ވެސް ސުވާލުތަކުން ހިތް ބަންޑުންވާން ފެށިއެވެ. މި ވަނީ ކީއް ހެެއްޔެވެ؟ މި ކުރެވެނީ ކޮން އިހްސާސެއް ހެއްޔެވެ؟
މަޑުމަޑުން ދެ ފައި ދަމައިލެވޭތޯ ބަލައިލީމެވެ. އެއްވެސް ބަރު ކަމެއް ބުރަަކަމެއް ނެތެވެ. ދެފައި ދަމައިލެވުނެވެ. އަހަންނަށް ބަލައި ލެވުނީ ދެ ފައިގެ އިނގިލި ތަކަށެވެ. އިނގިލިތައް ވަކިވަކީން ހަރަކާތްކޮށްލީމެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް އިހުސާސެއް ނުކުރެވުނެވެ. ދެވަނަ ފަހަރަށް ވެސް ފައިގެ އިނގިލިތައް ހަރަކާތް ކޮށްލީމެވެ. ފަލަމަސް ގަނޑު މަތީ ދެ އަތް ބާއްވާލައިގެން އިނދެއެވެ. ބޭނުން ގޮތަކަށް ފައިގެ އިނގިލިތައް ހަރަކާތް ކޮށްލެވުނެވެ. ދެން ބޭނުންވީ ޔަގީންކޮށްލާށެވެ. ފައިގެ ކުޑަ ހުޅު ހަރަކާތް ކުރޭތޯ ބަލައިލީމެވެ. ކުރިއަށް ލަނބައިލަމުންނެވެ. އުނދަގޫ ކަމުގެ އިހުސާސެއް ނުކުރެވުނެވެ.
ކަނާއަތް ހިއްލައިލުމަށްފަހު އެނދުގައި ވިއްދައިލީމެވެ. ނަމަވެސް ވައަތް ހިއްލައިލުން ވީ އުނދަގޫ ކަމަކަށެވެ. ބަރުކަމުންނެވެ. ކަނާއަތުން ހިފައިގެން ވައަތް ވެސް އެނދުގައި ވިއްދައިލީމެވެ. އެނދުން ތެދުވެވޭތޯ ބަލައިލުމަށެވެ. އޭރު ހިތުގައި ނޭނގޭ އިހުސާސްތަކެއް ދައުރުވަމުން ދިޔައެވެ. ނޭނގޭ ވިންދެއް ހަށިގަނޑުގައި ޖަހަމުން ދިޔައެވެ. ވައަތް ފަރާތު ތުންފަތާ ދިމާގައި އިތުރު ހަރަކާތެއް އުޅޭހެން ހީވިއެވެ. ކަނާއަތް ނަގައި ވައަތް ފަރާތު މަތީ ތުންފަތުގައި ޖައްސަައިލީމެވެ. މަތީ ތުންފަތާ ދިމާއިން މަޑުމަޑުން ތޮޅެނީއެވެ. އިރު ކޮޅެއް ވަންދެން ޝަހާދަތް އިނގިލިން އެ ތަނުގައި ހިފަހައްޓައިލީމެވެ. ތޮޅުން މަޑުވޭތޯއެވެ. އިސާހިތަކު އެ ކަމަށް ލުޔެއް ލިބުނެވެ.
އަނެއްކާ ވެސް ތޮޅެން ފެށީ ވައަތް ފަރާތު ދަތްދޮޅި ކައިރިއެވެ. ހައިރާން ކަމާއެކު އަހަންނަށް ކަނާއަތް ޖައްސައިލެވުނީ ވައަތް ފަރާތު ދަތްދޮޅިން ތޮޅެން ފެށި ހިސާބުގައެވެ. މިފަހަރު ވެސް ވީ ހަމަ ކުރިން ވީގޮތެވެ. ތޮޅުން ހުއްޓުނީއެވެ. ސިކުންތެއްގެ ތެރޭގައި ވައަތް ފަރާތު ކަތުރުކަށިގަނޑު ތޮޅެން ފެށީއެވެ. އިނގިލި ޖައްސައިލުމާއެކު އެ ތަނުން ތޮޅުން ހުއްޓުނެވެ. އެގޮތަށް ގޮސް ވައަތުގެ އުޅަނބޮށްޓާ ހަމައަށް ތޮޅުން ބަދަލުވިއެވެ. އެންމެ ފަހުން އަހަރެން އެކަން ހުއްޓައިލީމެވެ. ހިތުގައި ގިނަވަމުން ދިޔަ ސުވާލުތަކުގެ ސަބަބުންނެވެ.
ހަށިގަނޑުގެ އެކި ތަންތަން ގޮތް ނޭނގޭ ގޮތަށް ތޮޅޭ ވާހަކައާ މެދު މީހުން ދައްކާ ވާހަކަތަކުން ހިތް ބިރު ގަންނަން ފެށިއެވެ. ޚިޔާލުތައް ކަފިކަފިވަމުން ދިޔައެވެ. އެކި ދިމަދިމާއިން ޚިޔާލުތައް އުދުހެމުން ދިޔައެވެ. ވަހުމުތަކުން ހިތް ފުރެމުން ދިޔައެވެ. އެއްފަހަރު ޖިންނީންގެ ސަމާސާއެއް ކަމަށް ހިތް ބުނެފާނެއެވެ. އަނެއް ފަހަރު ސިހުރު ޖެހުނީ ކަމަށް ވިސްނިދާނެެއެވެ. ޖެހިގެން އަންނަ ސިކުންތުގައި ހީއެއް ކަމަށް ގަބޫލު ކުރެވިދާނެއެވެ.
ހެއްްލެމުން ދިޔަ އުނދޯއްޔެއްހެން ޚިޔާލުތައް ހެއްލެމުން ދިޔައެވެ. ދެފަހަރު އެއް ޚިޔާލެއް ނުކުރެވެއެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ކަނާއަތު ފައި ހިއްލައިލީމެވެ. އެއްވެސް އުނދަގުލެއް ނެތެވެ. ބަރުކަމެއް ނެތެވެ. ބުރައެއް ނޫނެވެ. ވައަތު ފައި ހިއްލައިލީމެވެ. މައްސަލައެއް ނެތެވެ. އުނދަގޫ ކަމެއް ނެތެވެ. ބަރެއް ވެސް ނޫނެވެ. ދެން މި ކުރެވުނީ ކޮން ހީތަކެއް ހެއްޔެވެ؟ ކޮންހާ ޚިޔާލުތަކެއް ހެއްޔެވެ؟ ހިތުގައި މި އުފެއްދުނީ ކޮންހާ ވަހުމުތަކެއް ހެއްޔެވެ؟ މައްސަލަ މި އުފެއްދެނީ އަމިއްލަ ނަފުސާ މެދުގައި ކަމަށް ހީވާން ފެށިއެވެ. އަނެއްކާ އަނެއް ކަންތައް ޖެހުނީއެވެ. އަހަންނަކީ އެ ކަހަލަ މީހެއް ހެއްޔެވެ؟ އަހަންނަށް ވެސް އެ ހާލު ޖެހުނީ ހެއްޔެވެ؟ އަހަންނަކީ ނުލާހިކު ހަމަޖެހިގެން އުޅެމުންދާ މީހަކެވެ. ނުލާހިކު ފުދިގެން އުޅޭ މީހެކެވެ. ދަތިކަމެއް، ދަތި އެއްޗެއް މިހާރަކު ނެތެވެ.
އެއީ މާޒީއެވެ. ދަތި ހާލުގައި އުޅުނު ޒަމާނެވެ. އެވެސް ދަރީންގެ ހައްގުގައެވެ. އެ ކުދީން ހަރުދަނާ މީހުންނަށް ހަދަން ވެގެންނެވެ. މިހާރު އެކަން ވެސް ވެއްޖެއެވެ. ފަސް ދަރީންނަކީ ވެސް މީހުންނެވެ. ބޭނުންތެރި މީހުންނެވެ. ގައުމުގެ މަތީ ފަޑީގައިި ރޭދުވާ ގުނާ ވަރުގަދަ ޒުވާނުންނެވެ. އިޖުތިމާއީ ކަންކަމުގައި ނަގައި ކިޔާ މީހުންނެވެ. ގައުމުގައި ނަން ވިދާ ކުދީންނެވެ. މިއަދު އަހަންނަކީ ފަޚުރުވެރި މަންމައަކީމެވެ. އުފާވެރި މާމައަކީމެވެ. ދަރިންނާއި ދަރީންގެ ދަރީން އަހަންނަށް އަޅައިލައެވެ. އެ ކުދީން އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންގެ ލޮލުގެ ނޫރު ފަދައިން އެ ކުދީން ބޮޑެތި ކުރީ އެ ބޭނުމުގައެވެ. ވީއިރު، އަހަރެން ވިސްނަން ޖެހޭނެ ހެއްޔެވެ؟ އަހަރެން ހާސްވާން ޖެހޭނެ ހެއްޔެވެ؟ އަހަރެން ފިކުރު ކުރާން ޖެހޭނެ ހެއްޔެވެ؟ ނުޖެހޭނެއެވެ. އެ ފުރުޞަތެއް އަހަންނަކަށް ނެތެވެ. ދެން މި ވިސްނެނީ ކޮންކަމަކާ ހެއްޔެވެ؟ ދިމާވެގެން މި އުޅެނީ ކޮން ކަމެއް ހެެއްޔެވެ؟
ނުވިސްނުނެވެ. އެއް ގޮތަކަށް ވެސް ނުވިސްނުނެވެ. ބޭއިޚްތިޔާރުގައި ޗޮކެއް ކަނޑައިލެވުނެވެ. ފަތިިސްނަމާދު ބަންގީގެ އަޑު ޖެހުމާއެކު ހާސްކަން ފިލައިދިޔައެވެ. ފިކުރުތައް ބޮލުތެރެއިން އުދުހިގަތެވެ. އަހަންނަށް ބަލައިލެވުނީ ގަޑިއަށެވެ. ފަހެއް ޖެހީއެވެ. ކޮޓަރިއަށް ބަލައިލެވުނެވެ. ހައިރާންވީ އެހައި ހިސާބުންނެވެ. ކޮޅަށް ހުރެވުނީ އެނދު ކައިރީގައެވެ. މި ހުރިހާ އިރު އެޅުނީ ދެ ފިޔަވަޅުތާއޭ ހިތްބުނެލިއެވެ.
އަމިއްލަ ނަފުސަށް ސުވާލު ކުރެވެން ފެށުނެވެ. ބޭކާރު ކަންކަމާ މާ ބޮޑަށް ވިސްނުނީތީއެވެ. ޚިޔާލުތަކުގެ ދުނިޔެއެއްގައި އުޅެވުނީތީއެވެ. މޮޔަ ޚިޔާލުތަކެއް ކުރެވުނީތީއެވެ. ބަރު ފިޔަވަޅުތަކެއް ނަގަމުން ގޮސް ފާޚާނާއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލީމެވެ. ދަތް އުނގުޅަން ބޭސްފުޅި ނަގަން ވައަތް ހަރަކާތްކޮށްލަން މަސައްކަތް ތަކެއް ކުރާން ޖެހުނެވެ. ކަނާއަތުގެ އެހީގައި ވައަތް ހަރަކާތް ކުރަން ޖެހުނެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދަމެވެ. ފިކުރު ގިނަ ނުކުރާން ވެގެންނެވެ. ޝައްކު ނުކުރާން ވެގެންނެވެ. ބައެއް ހަރަކާތްކަކަށް ވައަތް ނެގުނަސް ކަނާއަތުގެ އެހީތެރިކަން ހޯދަން ޖެހޭ ވަރު އިތުރުވަމުން ދިޔައެވެ.
އެންމެ ފަހުން މޫނު ދޮންނަން ތަށްޓާ ދިމާއަށް ގުދުވެލީމެވެ. ކަނާއަތު އަތްގޮށި ފުރައި ފެން ނަގައި މޫނުގައި މަތިން ތިރިއަށް އުނގުޅައިލީމެވެ. މޫނުގައި ފެން ޖެހުނު ކަމުގެ އިހުސާސް ކުރެވުނީ މޫނުގެ އެއްފަޅި އަށެވެ. ނޭފަތުން ފެށިގެން ކަނާއަތަށްވީ ފަޅި އަށެވެ. އަހަންނަށް ޝައްކު ކުރެވުނެވެ. ވައަތް ފަޅިއަށް ފެން ޖެެހެންވާ އިރަށް ފެންތައް ހުސްވީބާއޭ ހިތަށް އެރިއެވެ.
އަނެއްކާ ވެސް ކަނާއަތު އަތްގޮށި ފުރާ ފެން ނެގީމެވެ. މިފަހަރު އިސްކުރީ ވައަތް ފަޅިއެވެ. ޔަގީން ކުރާން ބޭނުންވީމައެވެ. މިފަހަރު ވެސް ކުރެވުނީ އެއް އިހުސާސެކެވެ. ފެން ޖެހުނު ކަމުގެ އިހުސާސު ކުރެވުނީ މޫނުގެ ކަނާއަތް ފަޅީގައެވެ. މޫނުގެ ވައަތް ފަރާތުގައި އަތް ޖެހުނު ކަމުގެ އިހުސާސް ވެސް ނުކުރެވުނެވެ.
މަޑުމަޑުން ބޯ ހިއްލައިލަމުން ފާރުގައި ހަރުކޮށްފައިވާ ލޯގަނޑާ ދިމާއަށް ބަލައިލީމެވެ. ކަނާއަތުން ދަތްދޮޅީގައި ހިފަހައްޓައިލައިގެން ހުރެއެވެ. ލިބުނީ ސިހުމެކެވެ. ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނެވެ. ދެވަނަ ފަހަރަށް ވެސް ބަލައިލެވުނެވެ. ކަޅި ޖަހައި ނުލައި ތިންވަނަ ފަހަރަށް ވެސް ބަލައިލީމެވެ. ލޯގަނޑު ހަލާކުވީ ބާވައެވެ؟ ނޫނީ ފާރާ ދިމާއިން މުށިގަނޑު ހަލާކުވީ ބާވައެވެ؟ އަހަންނަށް ކަނާއަތު ޝަހާދަތް އިނގިލި ޖައްސައިލެވުނީ ލޯގަނޑުގައެވެ. ފެންނަމުން ދިޔަ އަހަރެންގެ ސޫރާއާ ދިމާގައެވެ. ލޯގަނޑަށް ގެއްލުމެއް ނުލިބެއެވެ. ހަލާކެއް ނުވެއެވެ. ދެން މިވީ ކީއްހެއްޔެވެ؟
އަހަރެން ހިތަށް ބިރުވެރިކަން ވެރިވެ ގަތެވެ. ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ހިތް ނަގައި ޖެހޭ މިންވަރު އިތުރުވާން ފެށިއެވެ. ބާރުބާރަށެވެ. އެއާއެކު އަހަރެން ފާޚާނާއިން ނުކުންނަށް ހިނގައި ގަތީމެވެ. އަވަސް ހަރަކާތްތަކަކާ އެކުގައެވެ. އަވަސްކުރަން އުޅުމުގެ ތެރޭގައި ފާޚާނާގެ ތަޅުގައި ހެދުން އަޅައި ގަތެވެ. ރާންކިޔައިފައި ބާރު އަޑުފަށްގަނޑެއް އިވުނެވެ. އަހަންނަށް ބަލައިލެވުނީ ހެދުމަށެވެ. ހެދުމުގެ މެދުތެރެއިން އިރައިގެން ދިޔައީއެވެ. އެއާއެކު ވައަތް ފަރާތަށް އަރި އަރައިލިއެވެ. ހަށިގަނޑު ހިފަހައްޓައިލެވޭ ވަރެއް ނުވިއެވެ. ކުއްލިއަކަށް ހަޅޭއްލަވާ ގަނެވުނެވެ. ބޭއިޚްތިޔާރުގައެވެ.
ނަސީބު ރަނގަޅެވެ. އަހަންނަށް އަތް އެއްލުނީ ފާޚާނާ ކައިރީ ފާރުގައި ފަރުކޮށްފައި ހުރި ތުވާލި ހަރަށެވެ. ކަނާއަތުން އަހަންނަށް ހިފުނީ ތުވާއްޔެއްގައެވެ. ތުވާލީގައި ހިފުނު ގޮތުން މުށިގަނޑު މަތީގައި މޫނާއި ނޭފަތް ޖެހުމުގެ ކުރީން ސަލާމަތް ވިއެވެ. މުށިގަނޑާ ނޭފަތާ ދެމެދުގައި ބައި ސޫތު ވެސް ނުހުންނާނެއެވެ. މުށިގަނޑު މަތީގައި ދެ ކަކޫ ޖެހުނެވެ. ހިސާބަކަށް ތަދު ވެސް ވިއެެވެ. ތުވާލިން ދޫކޮށްލެވުނީ ކަކުލަށް ތަދުވާން ފެށުމުންނެވެ. އޭރު އަހަންނަށް އިނދެވުނީ މުށިގަނޑު މަތީގައި ފާޑަކަށް އިށީނދެގެންނެވެ. ކުޑަކަކޫ ޖަހައިގެންނެވެ.
އަވަސްކުރާން އުޅެންޏާ ވާނީ މިހެންނޭ ހިތަށް އެރިއެވެ. އަވަސް ކުރުމަކުން ވާނެ މޮޅެއް ނެތެއްނޫހޭ ހިތް ބުނެލިއެވެ. މުށިގަނޑު މަތިން ތެދުވެވޭ ތޯ ބަލައިލީމެވެ. ހިންދެމި ލެވޭ ވަރެއް ނުވިއެވެ. ފާޑެއްގެ ތަދެއް ވައަތު ކަންފަތާ ދިމާއިން އިހުސާސްވަމުން ދިޔައެވެ. އެ ތަދު ކަންފަތާ ހަމައަށް ފޯރަމުން ދިޔައެވެ. ހީވަނީ ހިމަހިމަ އެއްޗަކުން ކަންފަތާ ދިމާ ތޮރުފާހެންނެވެ. ކަންފަތަށް ވެސް ބާރުވާން ފެށިއެވެ. ބޮލަށް ވެސް އުނދަގޫ ވާން ފެށިއެވެ. އެއާއެކު މޭނުބައި ކުރާން ފެށިއެވެ. ދޫދަށުން އާދަޔާ ޚިލާފު ދިޔަވަރެއް ދެމިގަތެވެ. އަނގަ ތެރެއަށް ކުޅު ގިނަވާން ފެށިއެވެ. ދެ ފަހަރަކު އޯކަށް ދެމިލެވުނެވެ. ހިންދިރުވާލަން އުނދަގޫވެ ކަރު ބުޑަށް ލޮނދި ގިނަވަމުން ދިޔައެވެ.
(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް