އެގޮތުން އިއްޔެ އެކަނިވެސް ވަނީ 307،930 މީހުންނަށް މި ބަލި ޖެހި، 5،500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެއާއެކު ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 917،417 އަށް އަރާފަ އެވެ.
އިއްޔެ އެންމެ ގިނަ ކޭސްތައް ރިކޯޑު ކުރީ އިންޑިއާ، އެމެރިކާ އަދި ބްރެޒިލް އިންނެވެ. އެގޮތުން އިންޑިއާގައި 94،372 ކޭސް، އެމެރިކާގައި 45،523 ކޭސް އަދި ބްރެޒިލް ގައި 43،718 ކޭސް ރިކޯޑު ކުރި އެވެ.
އެއް ދުވަސް ތެރޭ ރިކޯޑް މިންވަރަކަށް ޕޮޒިޓިވް ކޭސް އައިސްފައި ވާއިރު، އޮކްޓޯބަރު އަދި ނޮވެމްބަރުގައި ޔޫރަޕުން އަންނަ ކޭސްތައް އިތުރުވާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗޯ އިން ވަނީ ދީފަ އެވެ.
ފާއިތުވި ހަފްތާތަކުގައި ޔޫރަޕުން އެންމެ ގިނަ ކޭސްތައް އަންނަން ފަށާފައި ވަނީ ސްޕެއިން އާއި ފްރާންސުންނެވެ.