ads
މީރާ-- ފޮޓޯ: އަވަސް
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ
އޮގަސްޓް މަހު ޓެކްސް އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.71 ބިލިއަން ރުފިޔާ ރިކޯޑުކޮށްފި އެވެ.

މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން އޮގަސްޓު މަހުގެ ޖުމްލަ އާމްދަނީގެ 46 ޕަސަންޓަކީ އިންކަމް ޓެކްސް އެވެ. އެއީ 783 މިލިއަން ރުފިޔާ އެވެ. 

ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީގެ ގޮތުގައި 474 މިލިއަން ރުފިޔާ ލިބިފަ އެވެ. 

ތިންވަނައަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ގެ ގޮތުގަ އެވެ. އެއީ 293 މިލިއަން ރުފިޔާ އެވެ. 

އޭގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76 މިލިއަން ރުފިޔާ، ރެޒިޑެންޝަލް ޕާމިޓު ދޫކޮށްގެން 21 މިލިއަން ރުފިޔާ، ޖޫރިމަނާގެ ގޮތުގައި 8.1 މިލިއަން ރުފިޔާ، އެއާޕޯޓް ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 5.1 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 21.67 މިލިއަން ރުފިޔާ ވެސް ހިމެނޭ ކަމަށް ތަފާސްހިސާބުގައި ވެއެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، ލިބުނު އާމްދަނީ 97.6 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އެއީ ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ސުންގަޑިތައް އޮގަސްޓުގައި ހަމަވުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް