ads
އިރާނުން އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް މިދިޔަ ހަފްތާ ދިން ހަމަލާތަކުގައި ބޭނުންކުރި ރޮކެޓެއްގެ ބައިތައް
އިރާގުގައި ހުރި އެމެރިކާގެ ބަލަދު އެއާބޭސްއަށް ރޮކެޓް ހަމަލާތަކެއް ދީފި
އިރާގުގެ ވެރިރަށް ބަޣުދާދުގެ އުތުރުގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ.
Advertisement
އިރާގުގެ ވެރިރަށް ބަޣުދާދުގެ އުތުރުގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

އެމެރިކާއާއި އިރާގުގެ އޮފިޝަލުން ވަނީ މިފަދަ ހަމަލާތަކެއް ދީފައިވާ ކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އަދި ނަގާފައެއް ނުވެ އެވެ.

ރޮކެޓް ހަމަލާތައް އަމާޒުކޮށްފައިވަނީ ބަޣުދާދު އުތުރުން 80 ކިލޯމީޓަރު ދުރުގައި ހަދާފައިވާ ބަލަދު އެއާބޭސް އަށެވެ. މިހަމަލާގައި ބޭނުންކުރި ރޮކެޓްތަކުގެ ތެރެއިން އެއް ރޮކެޓް އަމާޒުވެފައިވަނީ އެއާބޭސްގެ ރަންވޭ އަށެވެ. އަދި އިތުރު ރޮކެޓް އަމާޒުވީ އެއާބޭސްގެ މައި ގޭޓަށެވެ.

މިހަމަލާތަކުގައި އިރާގުގެ ތިން ފުލުހުން ޒަހަމްވެފައިވާ ކަމަށާއި އެމީހުންނަކީ ބަލަދު އެއާބޭސްގެ މައި ގޭޓްގައި ފޯރިމަރަން ތިބި ބައެއް ކަމަށް އިރާގުގެ ކާނަލެއް ކަމަށްވާ މުހައްމަދު ޚަލީލް ވަނީ ނޫސްތަކަށް މައުލޫމާތު ދެއްވާފަ އެވެ.

މިހަމަލާ ދިން އިރު ބަލަދު އެއާބޭސް ދޫކޮށް އެމެރިކާގެ ގިނަ ސިފައިން އެތަނުން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން މިހަމަލާގެ ސަބަބުން އެމެރިކާ ސިފައިންނަށް ގެއްލުމެއް ލިބުނު ކަން އަދި ކަށަވަރުކުރެވިފައެއް ނުވެ އެވެ.

އިރާގުގައި ހުރި އެމެރިކާގެ ބަލަދު އެއާބެސް އަށް ރޮކެޓް ހަމަލާތަކެއް ދީފައި މިވަނީ އިރާގުގެ އަންބާރުގައި ހުރި އެމެރިކާގެ އަލް އަސަދުގެ ވައިގެ މަރުކަޒަށާއި އިރާގުގެ އިރްބިލްގައި ހުރި އެމެެރިކާގެ ވައިގެ މަރުކަޒަކަށް އިރާނުން ހަމަލާދިންތާ ހަތަރު ދުވަސް ފަހުންނެވެ.

މި ދެ ވައިގެ މަރުކަޒަށް 22 ރޮކެޓް ހަމަލާ ދީފައިވާ ކަން އެމެރިކާ އިން ވަނީ ޔަގީންކޮށްދީފަ އެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް