ads
ކޮވިޑް އާއި ގުޅިގެން އެންޑީއޭމްއޭ އިން ހަރަދު ކުރީ ގޯސްކޮށް: އޮޑިޓް ރިޕޯޓޤ
ކޮވިޑް އާއި ގުޅިގެން އެންޑީއެމްއޭ އިން ހަރަދު ކުރީ ގޯސްކޮށް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮވިޑް19 އާއި ގުޅިގެން ހެދި ކަރަންޓީނު ފެސިލިޓީތަކަށް ކާބޯތަކެތި ފޯރު ކޮށްދިނީ ސަރުކާރުން އަގު ކޮސްޓްރޯލް ކުރި ތަކެތިވެސް އަގޮ ބޮޑުކޮށް ކަަމށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އެންޑީއެމްއޭއިން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ގާއިމް ކުރި ފެސިލިޓީތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށް ދިން އިރު ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތިވެސް ފޯރުކޮށްދީފައި ވަނީ އަގު ބޮޑުކޮށްކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ  ކޮވިޑް-19 ގެ އެމެޖެންސީ ސެންޓަރު (ދަރުބާރުގެ) އަށާއި، ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީ ގޮތުން ބަހައްޓާފައި ހުރި ފެސިލިޓީތަކަށް ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެން.ޑީ.އެމް.އޭ އިން އެކިއެކި ފަރާތްތަކާއި
ޙަވާލުކޮށްފައިވާކަމަށެވެ.

އއ. ވެލިދޫ ގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރާއި ގުޅީފަޅުގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ޚިދުމަތަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މިގޮތުން އޯޑަރު ކުރީ ލިޔުމުންކަން އެނގެން ނެތްކަމާއި، ދިން އޯޑަރުގެ ލިޔުމުގެ ކޮޕީއެއް އޮތުމަކީ ލާޒިމްކޮށް ބަލަހައްޓަންޖެހޭ ލިޔުންތަކެއް ނަމަވެސް އެލިޔުންތައް ބަލަހައްޓާފައިނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި ފެސިލިޓީތަކަށް މީހުން ގެންދާ ތާރީޚު (އެޑްމިޝަން ޑޮޓް) އެނގުނު ނަމަވެސް އެ މީހުން ދޫކުރި ތާރީޚު  އެނގޭނެ ގޮތަށް، ލިޔެ ކިޔުމުން މައުލޫމާތު (އޮކިއުޕަންސީ) ބަލަހައްޓާފައި ނެތުމުން، ބިލުކޮށްފައިވަނީ އެ ދުވަހަކު އެ ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދަށްކަން ކަށަވަރުކުރެވެން ނެތްކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން، އޯޑަރުކުރި އަދަދާއި އޮކިއުޕެންސީ މައުލޫމާތު ފުރިހަމައަށް ލިޔެކިޔުމުން ބެލެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެންޑީއެމްއޭ އިން ކޮވިޑް ފެސިލިޓީ ތަކުގައި ތިބި މީހުންނަށާއި ހާލުގައި ޖެހުނު މީހުންނަށް ކެއުމުގެ ކަންކަން ހަމަޖައްސަން ތަކެތި ގަތީ ސަަރުކާރުން ބައެއް ކާބޯ ތަކެތީގެ އަގުކޮންޓްރޯލް ކޮށްފައިވާއިރު ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށްކަމަށާ އަދި ބާޒާރުން އެތަކެތި ލިބެން ހުންނަ އަގަށްވުރެ އެތަށްގުނައެއް ބޮޑުކޮށްކަމަށެވެ.

އެގޮތުން މަސްދަޅު ރިހާކުރު މިރުސް ތާޒާ ކަނޑު މަސްފަދަ ތަކެތި ގަތް އިރު ގަނެފައިވަނީ ބާޒާރުގައި ލިބެން ހުން އަގަށްވުރެ އެތަށް ގުނަ އެއްބޮޑު ކަމަށްވާއިރު އިތުރަށް ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އިތުރަށް 224,546 ރުފިޔާ އެންޑީއެމްއޭއިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

ވަޅުމަސް ކިލޯ އެއް 140 އަށް ލިބެން ހުންނަ އިރު އެންޑީއެމްއޭ އިން ގަނެފައި ވަނީ 200 ރުފިޔާ އަށެވެ. އަދި ތެ ޔޮ މަސްދަޅު ކޭހެއް 720 ރުފިޔާއަށް ލިބެ ްހުރި އިރު އެންޑީއެމްއޭއިން ގަނެފައިވަނީ 1040 އަށެވެ. އަދި ރިހާކުރު 300 ރުފިޔާއަށް ބާޒާރުން ލިބެން ހުރި އިރު ގަނެފައިވަނީ 424 ރުފިޔާއަށެވެ.

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅަފައިވާ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވާތީ ފިޔަވަޅު އެޅުމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް