ads
ވިލިވަރު ކަރަންޓީނު ފެސިލިޓީ-----
އެކޮމޮޑޭޝަން ހަމަޖެއްސުމުގައިވެސް އެންޑީއެމްއޭ އިން ބޮޑެތި ގޯސްތަކެއް
ކޮވިޑް19 އާއި ގުޅިގެން އެކޮމޮޑޭޝަން ހަމަޖެއްސުމުގައިވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓް އޮފީހުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި ބޮޑެތި ގޯސް ތަކެއް އެއިދާރާއިން ހަދާފައިވާކަން ވަނީ ހާމަ ވެފައެވެ. އަދި ހަރަދު ކުރުމުގައި އިތުރަށް ހަރަދު ކޮށްފައިވާކަންވެސް ވަނީ ހާމަ ވެފައެވެ.

އޮޑިޓް އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ ކޮވިޑް-19 ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސް ތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ
ގަވާއިދުގެ 10.52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަމަށެވެ.
އަދި، އެ ގެސްޓްހައުސްތަކުގައި މީހުން ބައިތިއްބާފައި ވަނީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން
ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ރޭޓަށް ކުއްޔަށް ދިނުމަށް އެ ގެސްޓްހައުސްތަކުން އެއްބަސްވެފައިވާތީކަމަށް "ޚިދުމަތާއި ތަކެއްޗަށް
އެދޭ ފޯމް" ތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން
ހަމަޖެއްސުމަށް ވަކި ރޭޓެއް ކަނޑައަޅާފައިވާކަން ލިޔެ ކިޔުމުން އެގެން ނެތްކަމަށް ރިޕޯޓުގައިވެއެވެ.
ގެސްޓް ހައުސް ތަކުގައި މީހުން ބޭތިއްބުމަށް 30 ޖޫން 2020 ގެ ނިޔަލަށް 34 ގެސްޓް ހައުސްއަކަށް ޖުމްލަ 16,737,338
(ސޯޅަ މިލިއަން ހަތް ސަތޭކަ ތިރީސް ހަތް ހާސް ތިން ސަތޭކަ ތިރީސް އަށެއް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ގެސްޓް ހައުސްތައް ހަމަ ޖެއްސުމުގައި ދެ ފަރާތުން އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފައި ނުވުމުގެ ސަބަބުން އެކި ގެސްޓް ހައުސްތަކުން
ފޯރުކޮށްދޭން ޖެހެނީ ކޮން ޚިދުމަތްތަކެއްކަމާއި އެ ޚިދުމަތް ފޯރުކޮށްދޭން ޖެހެނީ ކޮން ރޭޓެއްގައި ކަން އެނގެން ނެތްކަންވެސް
ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އެކި ގެސްޓްހައުސް ތަކުން އެކި ރޭޓުން ބިލްކޮށްފައި ވާކަމާއި، ލޯންޑްރީ ސާރވިސް އަދި އެކްސްޓްރާ ބެޑް، އެކްސްޓްރާ ޕާސަން ޗާޖު ފަދަ ބައެއް އިތުރު ޚިދުމަތްތަކަށް ދައުލަތުން އިތުރު ޚަރަދު ކުރަންޖެހުނުކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެއްބަސްވުން ހަދާފައިނުވާ ޙާލަތުގައި ފައިސާ ދައްކަންވާނީ ބޭނުންކުރެވުނު ކޮޓަރީގެ އަދަދަށް އެ ކޮޓަރިތައް ބޭނުންކުރެވުނު މުއްދަތަށްކަމުގައި އޮޑިޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރި ބައެއް އިދާރާތަކުން މައުލޫމާތު ހޯދައިގެން އިތުރަށް ބެލި ބެލުމުން، ބައެއް ގެސްޓްހައުސްތަކުގައި ބޭނުން ނުކުރާ ކޮޓަރިތަކަށް ފައިސާ ދައްކާފައިވާކަމާއި، އަދި ކޮޓަރި ބޭނުންކުރި މުއްދަތަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާކަން ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައިވެއެވެ.ނަމަވެސް، އެ އިދާރާތަކުންނާއި އެން.ޑީ.އެމް.އޭއިންވެސް އެކަށީގެންވާގޮތަށް އޮކިއުޕެންސީ މައުލޫމާތު ބަލަހައްޓާފައި ނެތުމުގެ ސަބަބުން، އިތުރަށް ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދު ދެނެގަނެވިފައި ނުވާ ކަމަށް އޮޑީޓް ރިޕޯޓުގައިވެއެވެ.

އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ބަލިމީހުން ބޭތިއްބުމާށް ސަރުކާރުން ބައެއް ރިސޯޓުތައް ނަގާފައިވެއެވެ. މި ގޮތުން އެއްބަސްވެފައި ވަނީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް 750 (ހަތް ސަތޭކަ ފަންސާސް ރުފިޔާ) ގެ ރޭޓުން އިތުރު އެއްވެސް ކަމަކަށް ދައުލަތުން ޚަރަދުކުރަން ނުޖެހޭގޮތަށެވެ. ނަމަވެސް އެއިގެ ތެރެއިން ރިސޯޓަކުން ޓީ.ޖީ.އެސް.ޓީ އަށްވާ %12 ހިމެނޭގޮތަށް، ދުވާލަކަށް 840 (އަށް ސަތޭކަ ސާޅީސް) ރުފިޔާގެ ރޭޓުން ބިލްކޮށްފައިވާއިރު، އެ ރޭޓުން އެ ފަރާތްތަކަށް ފައިސާ ދައްކާފައި ވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް، ޖުމްލަ 206,280 (ދުއިސައްތަ ހަ ހާސް ދުއިސައްތަ އަށްޑިހަ) ރުފިޔާ ޚަރަދު ކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް