ކުރީގެ ރައީސް އަބްދުﷲ ޔާމިން އަދި އެމަނިކުފާނުގެ ނައުބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ވެރިކަމުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބި މީހުންނަށްވެސް 'ޓޯޗާ' ނުވަތަ އަނިޔާ ކޮށްފައިވާކަމަށް ޑީރާއުޕީގެ ލީޑަރުގެ އަބްދުﷲ ޖާބަރުގެ އަނބި ކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަދި އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ވެރިކަމުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބި މީހުންނަށްވެސް 'ޓޯޗާ' ނުވަތަ އަނިޔާ ކޮށްފައިވާ ކަމަށް ޑީރާއުޕީގެ ލީޑަރުގެ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަނައިބް ދިޔާނާ މިހެން ވިދާޅުވީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ރައީސް އަބްދުﷲ ޔާމިން ހުންނެވި ޖަލުގެ ގޮޅިއަކީ ކަންބޮޑުވާ ދަރަޖައެއްގައި ހުރި ތަނެއް ކަމަށާއި، އެ ގޮޅި ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ޑރ. ޖަމީލް ވިދާޅުވުމާ ގުޅިގެން އެކަމަށް ރަށްދު ދެއްވަމުންނެވެ.
ދިޔާނާ ވިދާޅުވީ އެކަމަނާގެ ފިރިކަލުން އަބްދުﷲ ޖާބިރު ޖަލުގައި ހުންނަވަނިކޮށް އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސް ބާއްވާފައި އޮތީ އެނދުގައި ޗޭނު ޖަހާފައި ކަމަށެވެ.
"މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަބްދުﷲ ޖާބިރު އައިޖީއެމްއެޗުގައި އެޑްމިޓް ކުރީމަ ބޭއްވީ އެނދާއެކު ފައިގައި ޗޭނު ޖަހާފައި، އާދޭސްކޮށްކޮށް ޖަމީލް ފޯނުވެސް ނުނެގި،" ދިޔާނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން ހުކުރު ދުވަހު މާލޭ ޖަލުގައި ބަހައްޓާފައި ހުރީ ހަތަރު ފޫޓު އަށް ފޫޓު ގޮޅިއެއްގައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ. އަދި އެ ގޮޅީގައި ފާހާނަ ހަލާކުވެފައިވާ ކަމަށާއި އެ ގޮޅިއަށް ސާފު ވައި ނުލިބޭ ކަމަށްވެސް ޔާމީންގެ ގާނޫނީ ޓީމުން ބުނެފައިވެ އެވެ.
ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު ޖަލަށް ލާފައިވަނީ ފަސް އަހަރު ދުވަހަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ.