ads
ހިސާން ހަސަން-- ފޮޓޯ: އަވަސް
"އަގު ބޮޑުކޮށް ތަކެތި ގަތް މައްސަލައިގައި ފައިސާ އަނބުރާ ހޯދައިފިން"
ކޮވިޑާއި ގުޅިގެން ގާއިމުކުރި ކަރަންޓީނު ފެސިލިޓީތަކާއި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި އަގުބޮޑުކޮށް ފޯރުކޮށްދިން މައްސަލަ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ (އެންޑީއެމްއޭ) ގެ ސަމާލުކަމަށް މާކުރިން އައި ކަމަށާއި އިތުރަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް އެމްޑީއެމްއޭ އިން ބުނެފި އެވެ.
Advertisement

އެމްޑީއެމްއޭ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ 15 އޭޕްރީލްގައި މާލެއިން ކޮވިޑްގެ ކޭހެއް ފެނުމާއެކު ލޮކްޑައުންކުރިއިރު މިއީ މީގެ ކުރިން ރާއްޖޭގައި ކުރެވުނު ކަމެއް ނޫން ކަމަށެވެ. ހުރިހާ ހިދުމަތްތައް ހުއްޓުމަކަށް އައިކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ އެންމެ ބޮޑު ކްލާސްޓާ ފެނިގެންދިޔައީ ބާޒާރުމަތިން ކަމަށެވެ. 

އެކަމުގެ ސަބަބުން ކާބޯތަކެތި ސަޕްލައިކުރާ ބޮޑެތި ކުންފުނިތަކުގެ މަސައްކަތް ހުއްޓާލާ އެތަންތަނުގެ މަސައްކަތް ހުއްޓުންކަމަށް ހިސާން ފާހަގަކުރެއްވި އެވެ. ރަށްރަށަށް ކާބޯތަކެތި ފޯރުކޮށްދޭން ޑެލިވަރީގެ މަސައްކަތްތަށް އެންމެ ފަހުން ފުލުހުނާއި ސިފައިން ވެސް ނިކުންނަން ޖެހުނުކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ އެންއީއޯސީން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދޭނެ ބަޔަކު ހޯދަން ޖެހުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭން އެންޑީއެމްއޭގެ ބިޑް ކޮމިޓީން ކާބޯތަކެތީގެ ލިސްޓެއް އެކުލަވާލި ކަމަށެވެ. 

ހިސާން ވިދާޅުވީ ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދޭން ގާތްގަނޑަކަށް ހަ މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އޮޑިޓް ރިޕޯޓުގައި އަގު ކޮންޓްރޯލްކޮށްގެން ވިއްކާ ތަކެތީގެ ތެރޭގައި ބޮޑު އަގުގައި ތަކެތި ގަނެ ފޯރުކޮށްދީފައިވާ ކަމަށް ފާހަގަކުރާ ކަމަށެވެ. އެގޮތުން 23000 ރުފިޔާގެ މައްސަލައެއްގެ ވާހަކަ ފާހަގަކޮށްފައިވާތީ އެކަމާއި ގުޅިގެން ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި އެކަން ނުބައިކޮށް ފާހަގަކުރާތީ ހައިރާންވާ ކަމަށެވެ. އެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފާހަގަކުރުމުގެ ކުރިން އެންޑީއެމްއޭއަށް ފާހަގަކުރެވި އެ މައްސަލަ އިސްލާހުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ތަކެތި އަގުބޮޑުކޮށް 28000 ރުފިޔާގެ ސާމާނު ގަނެވިފައިވާކަމަށާއި އެ ފައިސާ ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"އެހެންވީމަ މިއީ މި އޮޑިޓް ރިޕޯޓުގައި އޮންނަން ޖެހޭ ވާހަކައެއް ވެސް ނޫން. އޮޑިޓް ރިޕޯޓުގައި މިކަން މިވަނީ މިކަން ބަލަންވާ ވަރަށް ރަނގަޅަށް ނުބެލި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށްކަން އަޅުގަނޑު ހިމާތައާއެކީގަ ފާހަގަކޮށްލަން. މި ފައިސާ މިހާރު އޮތޯރިޓީއަށް ލިބިފައިވާއިރުގަ ދެން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންކަން މިއަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެމުންދިޔައީ،" ހިސާން ވިދާޅުވި އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެންޑީއެމްއޭ އިން ކޮވިޑް ފެސިލިޓީ ތަކުގައި ތިބި މީހުންނަށާއި ހާލުގައި ޖެހުނު މީހުންނަށް ކެއުމުގެ ކަންކަން ހަމަޖައްސަން ތަކެތި ގަތީ ސަަރުކާރުން ބައެއް ކާބޯ ތަކެތީގެ އަގުކޮންޓްރޯލް ކޮށްފައިވާއިރު ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށްކަމަށާ އަދި ބާޒާރުން އެތަކެތި ލިބެން ހުންނަ އަގަށްވުރެ އެތަށްގުނައެއް ބޮޑުކޮށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް