އިތުރު 174 މީހަކު ބަލިން ރަނގަޅުވެ ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 7903 އަށް އަރާފަ އެވެ.
މިއަދު ވަނީ ރާއްޖެއިން 99 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު 9427 އަށް އަރާފައިވާއިރު މިހާރު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1485 ގަ އެވެ.
އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އަދަދު 115 އަށް ވަނީ ތިރިވެފަ އެެވެ.