ads
ކޮލަމްބިއާއިން ގޯލަށްފަހު އުފާފާޅުކުރަނީ - ފޮޓޯ/ ގެޓީ
ފީފާ ވޯލްޑް ކަޕް: ގާނާ ގެއަށް، ގަދަ 16 ގެ ފަހު ޖާގަ ކޮލަމްބިއާއަށް
ކޮލަމްބިއާ އަތުން މިއަދު 1-0 ބަލިވެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ގާނާ ކަޑައިފި އެވެ.
Advertisement

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގަ އެވެ. ބަދަލު ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ކަނާތްފަރާތުން ތަނަވަސްކޮށްދިން ފުރުސަތަކުން، އެއްވެސް މީހެއްގެ ހުރަހެއް ނެތި ހުރި ޖޯން އަރިއަސް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ކޮލަމްބިއާ ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ކޮލަމްބިއާގެ ޑިއާޒް ގޯލެއް ކާމިޔާބުކުރިނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ. އޭގެފަހުން، ޑިއާޒް ފޮނުވާލި ބޯޅަ ގާނާގެ ކީޕަރު އަތީ ޒިގީ މަތަކުރިއެވެ.

ޖުމްލަކޮށް ބަލާއިރު، ގާނާ އަށް މި މެޗުގައި ކޮލަމްބިއާގެ ޑިފެންސް ފޫއަޅުވާލައިފައި މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 

ގަދަ ސޯޅަ ބުރުގައި ކޮލަމްބިޔާ ވާދަކުރަން ޖެހޭނީ ސްވިޒަލެންޑާއެވެ. މުބާރާތުގައި ކޮލަމްބިޔާ އަދި ބައްޔެއް ނުވެ އެވެ. ކޮލަމްބިއާ އިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަދި، 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ވާދަކޮށްފަ އެވެ.   

ގަދަ ސޯޅަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު ވާދަކުރާނީ ކެނެޑާ އާއި މޮރޮކޯއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;