ޕީއެސްޖީ، މާސޭ އަތުން އެއް ލަނޑު ސުން ލަނޑުން ބަލިވި މެޗު ނިމެން ކައިރިވެފައިވަނިކޮށް ނޭމާއަށް ދެއްކި ރަތް ކާޑާއި ގުޅިގެން ދެ މެޗަށް ނޭމާ ސަސްޕެންޑް ކުރި އިރު، އޭނާގެ ސަސްޕެންޝަނުގެ ފުރަތަމަ މެޗަކީ ފްރެންޗް ލީގުގައި ޕީއެސްޖީން ރޭ މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ޕީއެސްޖީވަނީ މޮޅުވެފައެވެ. އަދި އެއީ އައު ސީޒަންގައި ފްރެންޗް ލީގުގައި ޕީއެސްޖީގެ ފުރަތަމަ މޮޅުވެސް މެއެވެ. ކުރިން ކުޅުނު ދެ މެޗުންވެސް ޕީއެސްޖީވީ ބައްޔެވެ.
އާދިއްތަ ދުވަހުގެ ރޭ ޕީއެސްޖީއާ މާސޭ ކުޅުނު މެޗުގައި ފަސް ރަތް ކާޑު ދެއްކި އިރު، ނޭމާގެ އިތުރުން ޕީއެސްޖީގެ ޕަރޭޑޭސް އާއި ލަވިން ކުރްޒާވާ އަށްވެސް ރަތް ކާޑު ދެއްކިއެވެ. އެ ކާޑުތަކާއި ގުޅިގެން ކުރްޒާވާ ހަ މެޗަށް ސަސްޕެންޑް ކުރި އިރު، ނޭމާއާއި ޕަރެޑޭސް މިން ކޮންމެ ކުޅުންތެރިއެއްވެސް ސަސްޕެންޑް ކުރީ ދެ މެޗަށެވެ.