ads
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންޑީއެމްގެ އޮޑިޓް ރިޕޯޓުގައި ހުރީ ތެދު މައުލޫމާތު، ސާބިތުކޮށްދެވޭނެ: އޮޑިޓް އޮފީސް
ކޮވިޑް-19 އާ ގުޅިގެން ގާއިމުކޮށްފައިވާ ފެސިލިޓީތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހަރަދުކުރި ގޮތުގެ އޮޑިޓް ރިޕޯޓުގައި ހުންނާނީ ތެދު މައުލޫމާތު ކަމަށާއި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ވެސް އެބަ ހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
Advertisement

މިމަހުގެ 15 ވަނަ ދުވަހު އާންމުކުރި އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކަރަންޓީނު ފެސިލިޓީތަކަށް ކާބޯތަކެތި ފޯރު ކޮށްދިނީ ސަރުކާރުން އަގު ކޮސްޓްރޯލް ކުރި ސާމާނުން ވެސް އަގު ބޮޑުކޮށް ކަމާއި އެކޮމޮޑޭޝަން ފޯރުކޮށްދިނުމުގައި ވެސް ގޯސްތަކެއް ހަދާފައިވާކަން އެނގިގެންދެ އެވެ. އެކަމާއި ގުޅިގެން އިއްޔެ ހަވީރު އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ވަކި ވަކި ކަންކަމަށް އެތަނުގެ އިސްވެރިން ޖަވާބު ދެއްވާފަ އެވެ. 

އެގޮތުން ރިސޯޓުތަކަށް ފައިސާ ދިނީ އެއްބަސްވުމާއި އެއްގޮތަށް ކަމަށާއި ކެއިން ބުއިން ފޯރުކޮށްދިނުމަށް ފަހު ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ކަންކަން އެ އޮތޯރިޓީން ދޮގުކުރެ އެވެ. 

އެކަންކަމާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުގެ އޮޑިޓް ޑިރެކްޓާ، އިބްރާހީމް ނައީމް މިއަދު "ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ހުންނާނީ ކަން ހިނގި ގޮތަށް ތެދު މައުލޫމާތު ކަމަށާއި އެކަން ސާބިތުކުރުމަށް ހެކި ވެސް އެބަ ހުރި ކަމަށެވެ. 

ނައީމް ވިދާޅުވީ އއ. ވެލިދޫގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރާއި ގުޅީފަޅުގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ހިދުމަތަކަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވާކަމަށެވެ. 

"ދައުލަތުން ބަޔަކަށް ކާންދެންޏާއި އެ ދުވަހަކަށް އެ ގަޑިއަކަށް އޯޑަރުކުރަން ޖެހޭނެ މިވެނި އަދަދަކަށް މިވެނި މީހުންނަށް ކާން. ނޫނީ ކެއުންތައްޔާރުކުރަން ސަޕްލަޔާސް އެތަނަކަށް ކެއުން ހަމަޖައްސާނެ. ދެން އޭގެ ފަހުގަ ޑެލިވަރީ ނޯޓްސް ހުންނާނީ. އަދި ޑެލިވަރީ ނޯޓްސް އެންމެ ރަނގަޅަށް ހުއްޓަސް އެއަކުން އަޅުގަނޑުމެންނަކަށް އެންޝުއާއެއް ނުކުރެވޭނެ ހަގީގަތުގައި އޯޑަރު ކުރި ވަރަށްތޯ މިއުޅެނީ ހިދުމަތް ލިބިގެން.. އަނެއްހެން ބުނަންޏާ ފުރުސަތު އެބަ އޮތޭ ހަގީގަތުގައި އެތަނުން އެދުވަހަކު ކެއި މީހުންނަށް ވުރެ އިތުރަށް ބިލް ކުރުން،" ނައީމް ވިދާޅުވި އެވެ. 

ފެސިލިޓީތަކުން ކެއި މީހުންގެ އަދަދުތައް ސީދާ ނޭނގޭތީ އެކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވުމާއެކު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، އުމަރު މޫސާ ފިކްރީ ވިދާޅުވީ ޑެލިވަރީ ނޯޓު ލިބުމާއެކު އެ ދުވަހެއްގައި ކެއި މީހުންގެ އަދަދުތައް ސާފުވެގެންދާނެ ކަމަށެވެ. އަދި މައުލޫމާތުތައް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށާއި އެފަދަ މައްސަލަތަކެއް އޮޑިޓުން ފެންމަތިވީ ހިއްސާކުރަން ޖެހޭ ފޯމެޓް ނޫން އެހެން ފޯމެޓެއްގައި މައުލޫމާތު ހިއްސާކުރުމުން ކަމަށް ވެދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން ކުރެވުނު ސުވާލެއްގައި ނައީމް ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުން ވަކި ކަހަލަ ކަންކަމަކީ ވަކި ފޯމެޓެއްގައި ބަލަހައްޓަން ޖެހޭ ކަންކަމަށެވެ. އެކަމަކު އޮޑިޓް ރިޕޯޓުގައި ބަލާފައި ވަނީ ވަކި ފޯމެޓަކަށް އެ މައުލޫމާތު ހުރިތޯ ނޫންކަން ފާހަގަކުރައްވާ ނައީމް ވިދާޅުވީ އޮޑިޓް ރިޕޯޓު އެކުލަވާލީ ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ. 

"އިންފޮމޭޝަން ލިބިފަ ނެތިއްްޔާ އެ ލިބިފަ ނެތީ. ނެތްކަމަށް އަޅުގަނޑުމެން ބަލާނީ،"

އޭގެ އިތުރުން ނައީމް ވިދާޅުވީ، ރިސޯޓުތަކާއެކު ހެދިފައިވާ އެއްބަސްވުމުގައިވާ ގޮތުން ކޮޓަރިއަކަށް ދުވާލަކު ދައްކަން ޖެހެނީ 750 ރުފިޔާ ކަމަށާއި އެކަމަކު އެއަށް ވުރެ ބޮޑުކޮށް ފައިސާ ދެއްކި ކަމުގެ ހެކި އޮޑިޓް އޮފީހުގައި އެބަ ހުރި ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި އެކަމުގައި ޖަވާބުދާރީވެސް ވެވިދާނެ ކަމަށް ވިދާޅުވި އެވެ. 

"އެ އެވިޑެންސްއަށް ބޭސްކޮށްފަ އަޅުގަނޑުމެން އޮޑިޓް އޮބްޒަވޭޝަން ލިޔެފައި އޮންނާނީ. ދެން އެ އެއްޗެހި ހުށަހެޅިދާނެ އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން އަޅުގަނޑުމެން ޖަވާބުދާރީކުރުވާ ފަރާތަކީ މާލިއްޔަތު ކޮމިޓީ. މާލިއްޔަތު ކޮމިޓީގައި އަޅުގަނޑުމެންނަށް އެއަށް ޖަވާބުދާރީވެވޭނެ،" ނައީމް ވިދާޅުވި އެވެ. 

ނައީމް އެގޮތަށް ވިދާޅުވިއިރު އިއްޔެ އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ އެއްބަސްވެފައިވާ ރޭޓަށް ވުރެ ބޮޑަށް ރިސޯޓަކަށް ހަރަދު ކޮށްފައިވާ ކަމަށް ބުނާ ރިސޯޓަކީ މަލަހިނި ކުޑަބަނޑޮސް ކަމަށާއި އެރިސޯޓަށް ފައިސާ ދައްކާފައިވާނީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

އޮޑީޓް ރިޕޯޓުގައި ފަހަގަކުރާ ގޮތުން އެއްބަސްވެފައިވާ 750 ރުފިޔާގެ އިތުރުން ޖީއެސްޓީ ހިމަނައިގެން 840 ރުފިޔާގެ ރޭޓުން އެރިސޯޓަށް ފައިސާ ދައްކާފައިވާކަން ފާހަގަ ކޮށްފައިވީ ނަމަވެސް އެގޮތަށް ފައިސާ ދައްކާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެރިސޯޓާ ދެމެދު ހެދި އެއްބަސްވުމުގައިވާގޮތަށް ކަމަށް ހިސާން ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް