ads
ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދް ބާގިރު - ފޮޓޯ: އަވަސް
ކޮރަޕްޝަންގެ މައްސަލައެއްގައި ކުރީގެ މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
ކޮރަޕްޝަންގެ މައްސަލައެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އި،ާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއި އެކުވެފަިއވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މަސައްލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ސެޕްޓެމްބަރު 17 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. 

އޭސީސީން އެ މައްސަލައިގައި ދައުވާ ކުރަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށެވެ. 

އޭސީސީން ބުނެފައިވަނީ، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ސިޓީ ފޮނުވާފައިވާކަމާއި، ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި އެ ޕްރޮޕޯސަލް އަކީ ކިހިނެއް ކޮންގޮތަކަށް ހޯދައިފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން ވެސް އެގެންނެތްކަމަށެވެ. 

އޭސީސީން ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން އެ މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އެ މިނިސްޓްރީން ކަންކުރާ އުސޫލުން ނޫންކަމަށެވެ. އަދި މި އެއްބަސްވުމުގައި ހުރި ކަންކަމަށް ބަލާއިރު، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތަހްޤީޤަށް ފާހަގަކުރެވޭތީއާއި މިކަމުގެ ސަބަބުން ދަޢުލަތަށް ބޮޑެތި ގެއްލުން ލިބި، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، ޑރ. ޒިޔާދްގެ މައްޗަށް ދައުވާ ކުރުމަށް ނިންމީ ކަމަށެވެ. 

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާއި އެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި ފަރާތުން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް