ads
ޑރ. ނަޒްލާ ރަފީގް--
ކޮވިޑް އަށް ޕޮޒިޓިވް ވެގެން އެޗްޕީއޭއިން މެސެޖްކޮށް ނާންގާނެ ކަމަށް އެޗްއީއޯސީ އިން ބުނެފި
ކޮވިޑް19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެއްވެސް މީހަކަށް އެސްއެމްއެސް މެދުވެރިކޮށް މެސެޖްކޮށް ނާންގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭގެ ނަމުގައި ބައެއް މީހުންނަށް ކޮވިޑްއަށް ޕޮޒިޓިވްވި ކަން އެސްއެމްއެސް މެދުވެރިކޮށް މެސެޖް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާ އެހެންނަމަވެސް އެޗްޕީއޭއިން އެފަދަ އެއްވެސް މެސެޖެއް ނުކުރާނެ ކަމަށެވެ.

އެއްވެސް މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެގެން އެޗްޕީއޭއަކުން މެސެޖެއް ނުކުރާނެ ކަމަށާ އެފަދަ މެސެޖް އެއް ލިބިއްޖެ ނަމަ އެއީ ރަނގަޅު މެސެޖްއެއް ނޫން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އޮންނަ އުސޫލަކީ އައިޖީއެމްއެޗްގެ ސީމެޓް ޓީމުން އެމީހަކަށް ގުޅާ ޕޮޒިޓިވްވިކަން އަންގާނެ ކަމަށެވެ. އެއްވެސް ހާލެއްގައި މެސެޖް އެއް ނުކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އެޗްއީއޯސީ އިން ކޮންޓެކްޓު ޓްރޭސިން އިން އެމީހަކާ ގުޅާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކޮންޓެކްޓު ޓްރޭސިންގެ ކަންތައްތައް ކުރިއަށް ގެންދިއުމަށާއި ފެސިލިޓީތަކަށް ގެންދިއުމަށް އެޗްއީއޯސީއިން އެމީހަކަށް ގުޅަމުން ގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް