އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން ބަނދަރުގެ އިރުމަތީ ފަރާތުން 1600 އަކަފޫޓުގެ އިތުރު ދެ ކުލީ ބިން، ހަ މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
އެކަމަށް އެދި މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ލޮނުމަސް އެޅުމަށް ކުލީބިން ބޭނުންވާ ފަރާތްތަކުން މިއަހަރުގެ ސެޕްޓެންބަރު 21 އިން 27 ސެޕްޓެންބަރު ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް އެއިދާރާއިން މައުލޫމާތު ސާފުކުރުމަށްފަހު 30 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައިވެ އެވެ. ކައުންސިލުން ބުނީ ލޮނުމަސް އެޅުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި މިހާރުވެސް ކުރަމުން އަންނަ ފަރާތްތަކަށް ބިން ދޫކުރުމުގައި އިސްކަންދޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ގޮތަަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެކަމަށާއި މައުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައި ނުގަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.