ads
ރާއްޖޭގެ ރަށެއް-- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް
24 ރަށެއްގައި ކޮވިޑް ޖެހިފައިވާ 50 މީހުން އެބަތިބި
ރާއްޖޭގެ 24 ރަށެއްގައި ކޮވިޑް ޖެހިފައިވާ 50 މީހަކު މިވަގުތު އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މާލޭ ފިޔަވައި ރާއްޖޭގެ އެކި ރަށްތަކުގައި ކޮވިޑް ޖެހިފައިވާ 50 މީހަކު އެބަތިއްބެވެ.

އޭގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި 14 ބިދޭސީ އެކެވެ. 

އެކްޓިވް ކޭސްތައް މިހާރު ހުރީ ހއ. ދިއްދޫ އާއި ހއ. އިހަވަންދޫ އަދި ހއ. ކެލާ އާއި ހދ. ހިރިމަރަދޫގެ އިތުރުން ށ. ކަނޑިތީމާއި އެއަތޮޅު މަރޮށި އަދި ފީވަކުގަ އެވެ. އަދި ނ. މަނަދޫ އާއި ރ. ރަސްމާދޫގެ އިތުރުން ދުވާފަރާއި ޅ. ނައިފަރާއި ކ. ހުރާ، ކ. ހިންމަފުށީގައި ވެސް އެކްޓިވް ކޭސްތައް އެބަހުއްޓެވެ. 

އޭގެ އިތުރަަށް އއ. އުކުޅަހާއި ދ. ހުޅުދެލި އަދި ތ. ވޭމަންޑޫ އާއި ގއ. މާމެންދޫ އާއި ގދ. ގައްދޫ އާއި ގދ. ހޯނޑެއްދޫގެ އިތުރުން ގދ. ފަރެސްމާތޮޑާ އާއި ގދ. ތިނަދޫ އަދި އައްޑޫ ގަމާއި ހުޅުމީދޫގައި ވެސް ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިހާރު ވަނީ 9724 މީހަކަށް ބަލި ޖެހިފަ އެވެ. އަދި 8261 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 1424 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް