ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލަނީ
30 ނޮވެންބަރ 2019 - 11:34:33
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
މާލޭ ސީޓީ ކައުންސިލުން ބުނި ގޮތުގައި އެ ފުރުސަތު އޮންނާނީ ޑިސެމްބަރު މަހުގެ އެެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އެކަމަށް އެދޭ ފޯމު ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00ގެ ނިޔަލަށް ސިޓީ ކައުންސިލުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި އެ މުއްދަތުގައި ފޯމު ބަލައިގަންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 1:00 އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
ގޮޅިތަކަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މައުލޫމާތު ޝީޓް ވެސް ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވަނީ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ އަދަދު އިތުރުކޮށް ގޮޅިތައް ދޫކުރުމާ ގުޅޭ އުސޫލުތައް ވަރަށް އަވަހަށް އާންމުކުރާނެ އެވެ.
ދަތުރުވެރިންގެ މާރުކޭޓް މަރާމާތުކުރުމަށް މިދިޔަ އޮގަސްޓް 31 ވަނަ ދުވަހު ބަންދުކޮށްފައިވަނީ އެ މަސައްކަތް 45 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާ އަލުން ހުޅުވާނެ ކަމަށް ވިޔަފާރިވެރިންނަށް އެންގުމަށް ފަހު އެވެ. އެކަމަކު ގޮޅިތަކުގެ އަދަދު ކަނޑަނޭޅި އެކަން ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ޝިފާ ވިދާޅުވާ ގޮތުގައި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒާ މެދު ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ސިޓީ ކައުންސިލްގެ މިހާރުގެ ވިސްނުން ހުރީ އެތަނުގެ ޖާގަ އޮތް މިންވަރަކުން ގޮޅި ދޫކުރާށެވެ.
ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރުމުގެ ކުރިން އެތަނުގައި 160 ގޮޅި ހުއްޓެވެ. އެތަނުގެ 50 ގޮޅިއެއް ދިވެހިން ހިންގަމުން އަންނައިރު 53 ގޮޅިއެއް ހިންގަމުން އައީ ބިދޭސީންނެވެ. އެތަން މަރާމާތަށް ބަންދުކުރަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ ދަތުރުވެރިންގެ މާރުކޭޓު، މަރާމާތަށް ފަހު ހުޅުވާއިރު ހުންނާނީ ޖާގަބޮޑު 63 ގޮޅި ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މާރުކޭޓާއި ހާބާ ކޮމިޓީގެ މުގައްރިރު ސީއެންއެމްއަށް ކުރިން ވިދާޅުވި ގޮތުގައި 8 ފޫޓު 6.6 ފޫޓުގެ 117 ގޮޅި އަދި 11 ވަގުތީގޮޅިއާ އެކު ޖުމްލަ 128 ގޮޅި ހިމެނޭ ގޮތަށް ކުރަހާ އެކުރެހުން މޭޔަރަށް ފޮނުވި ނަމަވެސް އެގޮތަށް ގޮޅިތައް ގޮތަށް ހެދުމަށް މޭޔަރު ޝިފާ ވަނީ ދެކޮޅު ހައްދަވާފަ ކަމަށެވެ. މޭޔަރު ބޭނުންވަނީ އެތަނުގައި ހަތަރު ފޫޓު، 193 ގޮޅި ހަދަން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް