ads
ޖީއެމްއައިޒެޑްއެލް އަކީ ތިލަފުށީގެ ކަންކަން ބަލަމުން ދިޔަ ކުންފުނި--
ޖީއެމްއައިޒެޑްއެލްގެ ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފި
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޒިންމާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކޮށްފި އެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ އެ ދެ ކުންފުނި އެއްކޮށްލަން ނިންމާ، ޖީއެމްއައިޒެޑްއެލްގެ ހިއްސާގެ ބައެއް އެޗްޑީސީ އަށް ދީފަ އެވެ. 

އިއްޔެ ނެރުނު ބަޔާނެއްގައި ޖީއެމްއައިޒެޑްއެލުން ބުނީ ދެ ކުންފުނި އެއްކޮށްލަން ނިންމާފައި ވާތީ ފުރަތަމަ މަރުހަލާގެ ގޮތުން ހުރިހާ އެސެޓާއި ލައިބިލިޓީ އާއި މުވައްޒަފުންނާނައި އެއްބަސްވުންތަކާއި ކުންފުނީގެ އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"... ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާ އާއި ލަފާގެ މަތިންނެވެ." އެ ބަޔާނުގައި ވެއެވެ.

ޖީއެމްއައިޒެޑްއެލުން ބުނީ ދެ ކުންފުނި އެއްކޮށްލަން ސަރުކާރުން ނިންމީ މާލީ ގޮތުންނާއި ހިންގުމުގައި ލިބޭ ފައިދާއަށް ބެލުމަށް ފަހު ކަމަށެވެ. އެއާއެކު ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީން ދަނީ އެއްބަސްވުންތަކާއި ލިޔުންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރަމުންނެވެ. 

ޖީއެމްއައިޒެޑްއެލް އަކީ މާލެ ސަރަހައްދުގައިވާ ސިނާއީ ރަށް، ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކުންފުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް