އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 48 މީހުންގެ ތެރެއިން 28 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 20 މީހުންނަކީ ބިދޭސީން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 9818 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް 1340 ކޭސް ތިބި ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދީފައިވެ އެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19 ގައި ރަނގަޅު ވެފައިވަނީ 48 މީހުންނެވެ. މިއާއި އެކު ޖުމުލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 8438 ކަށް އަރާފައެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ 92 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަމަށެވެ.