އަނޫރާގްއާ ގާތް ގުޅުމެއް އޮންނަ ތާޕްސީ ޕަންނޫ ބުނެފައި ވަނީ އަނޫރާގުގެ އެފަދަ މައްސަލައެއް ސާބިތުވެއްޖެ ނަމަ ގުޅުން ކަނޑާލާނެ ކަމަށެވެ.
އަދި އެފަދަ ތުހުމަތެއް ކުރި ނަމަވެސް ގަބޫލުކުރަން ދަތި ކަމަށާއި އަނޫރާގަކީ އަންހެން މީހުންނަށް ވަރަށް އިހްތިރާމް ކުރާ މީހެއްގެ ގޮތުގައި މުމްބާއީ މިރާއަށް ދިން އިންޓަވިއުގައި ތާޕްސީ ސިފަކޮށްފައި ވެއެވެ.
އޭގެ އިތުރުން އަނޫރާގުގެ ފިލްމުތަކުގެ ސްޓަކީ ބޮލީވުޑުގައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތު ލިބޭ މަދު ސެޓުތަކުގެ ތެރެއިން ސެޓެއް ކަމަށާއި، ތުހުމަތެއްވާ ނަމަ ތަހުގީގު ކުރަން ގޮވާލާ ކަމަށް ބުނެފައި ވެއެވެ.
އެކްޓްރެސް ޕާޔަލް ގޯޝް ވަނީ އަނޫރާގްއާ ދެކޮޅަށް މުމްބާއީގެ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.