ads
ދަރަވަންދޫ---
ދަރަވަންދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ބ. ދަރަވަންދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ހޯމް ކަރަންޓީންގައި ހުރި މީހަކު ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެމީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށާއި، އެމީހާގެ ހާލު ރަނގަޅުކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. އަދި ވިދާޅުވީ އެދުވަހު ރަށަށް އައީ އެމީހާ އެކަނި ކަމަށާއި، އެމީހާއާ ކޮންޓެކްޓްވި މީހަކު ނެތްކަމަށެވެ. 

ރާއްޖޭގެ 24 ރަށަކާއި 25 ރިސޯޓެއްގައި މިވަގުތު އެކްޓިވް ކޭސްތައް ތިބި ކަމަށް އެޗްޕިއޭއިން މައުލޫމާތު ދީފައިވެ އެވެ. އެގޮތުން ރަށްރަށުގައި އެކްޓިވް 42 ކޭސް ތިބިކަމަށާއި، އޭގެތެރެއިން 27 މީހުންނަކީ ދިވެހިން ކަމަށް އަދި 15 މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް