ޕީޖީ ޝަމީމް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ޒިކުރާ މިސްކިތުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ފޮނުވި މައްސަލައިގަ އެވެ.
ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުން ވެސް ހަމައަކަށް އަޅުވާންޖެހޭ ކަމަށެވެ. އަދި އެއްވަރަކަށް ޒިންމާވާންޖެހޭކަމަށެވެ.
ޒިކުރާ މިސްކިތް މައްސަލައިގައި ޕީޖީން ދައުވާ ކޮށްފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދުގެ މައްޗަށާއި، އެ މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިޔާ، އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށެވެ.
މި ދެފަރާތުގެ މައްޗަށްވެސް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.