ބޮލީވުޑުގެ ލެޖެންޑް އަމީތާބު ބައްޗަން، ފިލްމީ ދާއިރާއިން ރިޓަޔާކުރަން ވިސްނަމުންދާ ކަމަށް އޭނާ ބުނެފި އެވެ.

Advertisement
ބޮލީވުޑުގެ ލެޖެންޑް އަމީތާބު ބައްޗަން، ފިލްމީ ދާއިރާއިން ރިޓަޔާކުރަން ވިސްނަމުންދާ ކަމަށް އޭނާ ބުނެފި އެވެ.
އަމީތާބު ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 50 އަހަރު ވެފައިވާއިރު އަމީތާބު އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުން ފިލްމީ ދާއިރާއިން ރިޓަޔާވުމަށް އޭނާ ދަނީ ވިސްނަމުންނެވެ. އަދި ކޮންމެވެސް އެހެން ކަމެއް ކުރަން ވިސްނަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އަމީތާބް މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބްރަހްމަސްތުރާ" ގައި ބައިވެރިވުމަށް މަނާލީއަށް ދިޔަ މަގުމަތީގަ އެވެ.
މީގެ ދުވަސްތަކެއް ކުރިން އުމުރުން 77 އަހަރު ފުރިފައިވާ އަމީތާބު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ވެސް ވަރަށް ފަހުން ބޭއްވި އެވެ. އެތަނުގައި ދެތިން ދުވަހު ބޭއްވުމަށްފަހު ގެއަށް ފޮނުވާލިއިރު ސަޕޯޓަރުން ވަނީ އޭނާގެ ބަލިހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.