ads
ކްރިސީ އަދި ލެޖެންޑް--
ތިންވަނަ ދަރިއަކަށް ބަލިވެއިން ކްރިސީއަށް ސިއްހީ މައްސަލަތަކެއް ދިމާވެ އެޑްމިޓުކޮށްފި
ތިންވަނަ ދަރިއަކަށް ބަލިވެ އިން ކްރިސީ ޓެއިގެން އަށް ސިއްހީ މައްސަލަތަކެއް ދިމާވުމުން ލޮސް އެންޖެލަސްގެ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށްފި އެވެ.

މޮޑެލް ކުރުމާއި ޓީވީ ޝޯތަކުން މަގްބޫލުވި ކްރިސީ އެޑްމިޓުކޮށްފައި ވަނީ މާ ގިނައިން ލޭ ފޭބުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. 

ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑްއާ ކައިވެނިކޮށްގެން އުޅޭ ކްރިސީ އެޑްމިޓުކޮށްފައި ވަނީ ލޮސް އެންޖެލަސްގެ ސެޑާސް ސައިނާ މެޑިކަލް ސެންޓަރުގަ އެވެ. 

އިންސްޓަގްރާމް މެދުވެރިކޮށް ކްރިސީ ބުނެފައި ވަނީ އޭނާއަކީ ހައި-ރިސްކު މީހެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި، މައްސަލަ ދިމާވަމުން ދާތާ މިހާރު މަހެއް ވާން ގާތް ވެއްޖެ ކަމަށެވެ.

ތިންވަނަ ދަރިއަކަށް ކްރިސީ ބަލިވެއިން އިރު، ކުރިން ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ލިބިފަ އެވެ. އެއީ އުމުރުން ހަތަރު އަހަރުގެ ލޫނާ އާއި ދެ އަހަރުގެ މައިލްސް އެވެ. 

ކްރިސީ ބުނެފައި ވަނީ އޭނާ ބެޑް ރެސްޓުގައި އޮންނަތާ ހަފްތާތަކެއް ވެއްޖެ ކަމަށާއި، ފެން ވަރަން ކޮޅަށް ހުރުން ވެސް މަނާކޮށްފައިވާ ކަމަށެވެ. 

އުމުރުން 34 އަހަރުގެ ކްރިސީ ފޭނުންގެ ކިބައިން އެދިފައި ވަނީ އޭނާއަށް ދިމާވެގެން އުޅޭ މައްސަލައާ މެދު އަމިއްލައަށް ޑަޔަގްނޯސިސް ނުހެދުމަށެވެ.

ސިއްހީ މައްސަލަތަކެއް ދިމާވަމުން ދިޔަ ނަމަވެސް ބަނޑުގައި އޮތް ފިރިހެން ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ކްރިސީ މީގެ ކުރިން ބުނެފައި ވެއެވެ. 

ސެލެބްރިޓީންގެ ތެރެއިން ކްރިސީއަކީ މާބަނޑު އިރު ދިމާވާ މައްސަލަތައް ފޭނުންނާ ހިއްސާ ކުރާ މަދު ފަންނާނުންގެ ތެރެއިން އެކަކެވެ.

މީގެ ކުރިން ކްރިސީގެ ދެ ކުދިން ވެސް ހޯދާފައި ވަނީ އިން ވިޓްރޯ ފާޓިލައިޒޭޝަން ނުވަތަ އައިވީއެފް ފަރުވާގެ އެހީގަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް