ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރޭގައި ހިމެނޭ ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަން
ދިޔާނާގެ ރައްދެއް އަސްލަމަށް: ހިތައްތަދުވަނީ އަމިއްލަ ބިންއޮވެމެ ކުއްޔަށް އުޅެންޖެހޭތީ
ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން ޖެހޭ ކަމަށް ވަގުތީ ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު މިނިސްޓަރު އަސްލަމަށް ރައްދު ދެއްވައިފި އެވެ.
Advertisement

ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން ޖެހޭ ކަމަށް ވަގުތީ ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ހަބަރެއް ރީޓްވީޓް ކުރައްވާ ދިޔާނާ ވިދާޅުވީ ހިއްތަށް އަނިޔާ ލިބޭ އެންމެ ބޮޑު އެއްކަމަކީ އަމިއްލަ ބިން އޮވެމެ މުޅި އުމުރު ކުލި ދައްކާލަ ދައްކާލާ ތިބެންޖެހުން ކަމަށެވެ. 

"އަމިއްލަ ބިން އޮވެމެ ދަރިންގެ މުޅި އުމުރު ނިމިދާއިރުވެސް އެއިން ކުއްޖަކަށް އެ ބިމުގައި އުޅެން ދެވޭނެ ކަމުގެ އުއްމީދެއްވެސް ނެތި ތާއަބަދު ތިބެންޖެހުމުގެ ސަބަބަުން ވަރަށް ޕްރެޝަރު ބޮޑުވެ، ހިތައް އަނިޔާ ލިބޭ،" ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ ގޯތި ދިނުމުގެ ކަންކަން ދިޔާނާގެ އަތުގައި އޮތްނަމަ ގޯތިގެދޮރުގެ ބޭނުން ޖެހިފައިވާ މީހުންނަށް ގޯތި ދިނުމުގައި ކުޑަ ތަންފުކެއްވެސް ލަސް ނުކުރައްވާނެކަމަށެވެ. މަރުކަޒް ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި އެއާ އެކު ނިކަމެތިކޮށް ގައިގާ ޖަހާފައިވާ ކަސްތޮޅުތައް ނައްޓަން ޖެހޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ. 

" މި މަރުކަޒް ކުރުން ހުއްޓާލަން ޖެހޭ މިއާއެކީ އަޅުގަނޑުމެން ނިކަމެތިކޮށް ގައިގަ އެޅުވި ކަސްތޮޅު ނައްޓުވަންޖެހޭ މިއީ ނަސްލީ އިމްތިޔާޒާ އެއްފަދަ ކަމެއް. މިއީ ގައުމެއްގެ ތެރޭ ރައްޔިތުންނާއިމެދު ކުރަމުން އަންނަ ތަފާތު. ހުތުރުކަން ބޮޑު ލަދުވެތި އަމަލެއް. "

ދިޔާނާ ވިދާޅުވިއެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް