ads
ސައިމަން ޑައިލަސިސް ހަދަނީ--
އުދުއްސައި ގަތުމުގެ ކުރިން ސައިމަން ބޭނުމީ ކިޑްނީއެއް، އެހީތެރިވެދީ!
އެއީ 2019 ވަނަ އަހަރުގެ އޭޕްރީލް ހިސާބެވެ. ފައިގައި ރިއްސާލެއް ބޮޑުކަމުންް މާލެއަށް އުފަން އުމުރުން 36 އަހަރުގެ ސައިމަން އިސްމާއިލަށް ފައި އަޅާ ލެވޭ ވަރެއް ނުވެ އެވެ. އޭގެ ފަހުން ހުންނަނީ އަނގައިގައި ހިތިރަހަ ލާފަ އެވެ. ކާހިތެއް ނުވެ އެވެ. ނަތީޖާއަކަށްވީ އޭރު 80 ކިލޯގައި ހުރި މީހާގެ ގައިން، މަސް ދުވަހުގެ ތެރޭގައި 20 ކިލޯ ލުއިވެ، ބަރުދަން 60 އަކަށް ކިލޯއަށް ދަށްވުމެވެ.

އެ ހުރިހާ ކަމެއް ދިމާވިއިރު ސައިމަން ހުރީ ސްރީލަންކާގައި ޕައިލެޓްކަން ކިޔަަވާށެވެ. ކުއްލިއަކަށް ގޮތްތަކެއްވާން ފެށުމުން ވެސް އޭރު މާބޮޑު ސަމާލުކަމެއް އޭނާ ނުދެ އެވެ. އޭގެ ދުވަސްތަކެއް އަނބުރާ މާލެ އައި ފަހުން ގައިގައި ވަރެއް ނުހުރެ އެވެ. މީހާއަށް ވާންފެށި ގޮތްތައް ނޭނގިފައި އަބަދު އޮންނަން ފެށީ އެނދު މަތީގަ އެވެ. 

އެކަމަކު ވާގޮތެއް ހޯދުމަށް ޑޮކްޓަރަށް ދެއްކުމުން، ސައިމަނަށް އެނގިގެންދިޔައީ އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާ ކަމެވެ. ކުއްލިއަކަށް ސައިމަންގެ މުޅި ހަޔާތް ބަދަލުކޮށްލި ގޮތް ކިޔައިދެމުން އޭނާ ބުނީ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނުއިރު ކިޑްނީ މަސައްކަތްކުރަނީ އެންމެ ހަތް އިންސައްތައަށް ކަމަށެވެ. 

އެއާއެކު ޑޮކްޓަރުގެ އިރުޝާދަކަށްވީ އަވަހަށް ޑައިލަސިސް ފެށުމެވެ. ސައިމަން ބުނީ އެހެންވެ މިދިޔަ އަހަރުގެ ޖޫން ހިސާބުގައި އޭނާ ވަނީ ތައިލެންޑުން ފިސްތޫލާ ސާޖަރީ ހަދައި ޑައިލަސިސް ފަށާފައި ކަމަށެވެ. އެކަމަަކު އެ ސާޖަރީ ހެދުމަށްޓަކައި ތައިލެންޑަށް ފުރުމުގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ މީހާގެ ހާލު ދެރަވެ އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ އަންނަނީ ހުއްޓާ ނުލާއި ޑައިލަސިސް ހަދަމުންނެވެ. މި ހަފުތާގެ ތެރޭގައި ސައިމަން އޭނާގެ ވާހަކަ ސޯޝަލް މީޑިއާއަށް ދޫކޮށްލަން ޖެހުނީ އޭރުއްސުރެ ކިޑްނީ ޑޯނަރެއް ހޯދުމަށް އޭނާ ކުރަމުން އައި މަސައްކަތަށް ކާމިޔާބުވެފައި ނުވާތީ އެވެ. 

your imageސައިމަން އޭނާގެ އަންހެނުން އަދި މަންމަ އާއި ބައްޕައާއެކު--

އިއްޔެ ޑައިލަސިސް ހަދަން އުޅެމުން ސައިމަން ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އޭނާގެ އާއިލާގެ މެމްބަރުންގެ ތެރެއިން ކިޑްނީ ޑޯނަރެއް ލިބޭތޯ ބެލި ނަމަވެސް ކިޑްނީ ދެވޭހާ ސިއްހަތު ރަނގަޅު މީހަކު ނެތެވެ. އާންމުންގެ އެހީއަށް އޭނާއަށް އެދެން ޖެހުނީ އެހެންވެ ކަމަށް ވެސް ބުންޏެވެ. 

އާންމުންގެ އެހީއަށް އެދުނުތާ މިހާރު ދެ ތިން ދުވަސްވެފައިވާއިރު ސައިމަން ބުނީ އެހީތެރިވާން ބޭނުންވެގެން ފުދޭވަރަށް މީހުން ގުޅައި މެސެޖްވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޯ ޕޮޒިޓިވް ލޭ ހުންނަ ސައިމަން ބުނީ ބައެއް މީހުންގެ ލޭގެ ގްރޫޕް ދިމާވާއިރު އަނެއް ބަޔަކުގެ ލޭގެ ގްރޫޕް ދިމާނުވާ ކަމަށެވެ. އޭގެ އިތުރަށް ވެސް ބަލަންޖެހޭ ކަންކަން ހުރުމުން ޑޮކްޓަރާ މަޝްވަރާކުރަމުންދާ ކަމަށް ވެސް ސައިމަން ބުންޏެވެ. 

"އެންމެ އެކަށީގެންވާ ޑޯނަރުކަމަށްވާނަމަ ޑޮކްޓަރު ބުނާނެ އެމީހަކާ ބައްދަލުކުރަން އަދި ކިޑްނީ ދިނުމުގެ ކުރިން އެމީހަކަށް އެނގެން ޖެހޭ ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން،" ސައިމަން ބުނެ އެވެ.

ކިޑްނީ ޑޯނަރެއް ހޯދުމުގައި މަސައްކަތް ކުރަމުން އަންނަތާ އަހަރެއްހާ ދުވަސްވެފައިވާ ސައިމަން ހުރީ ޓެސްޓްތައް ހެދުމަށް ފަހު، އޭނާގެ ކިޑްނީއާ މެޗުވާ ކިޑްނީއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ސައިމަން އަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންނަމަ އިތުރު މައުލޫމާތު ހޯދުމަށް، އޭނާގެ ނަމްބަރު، 9904048 ނުވަތަ 7537776 އަށް ގުޅޭނެ އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް