ރައީސް އޮފީހުން ބުނެފައިވަނީ ކުވައިތްގެ އަމީރު އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރުމުގެ ގޮތުން ސެޕްޓެމްބަރު 30 ވާ ބުދަ ދުވަހުން ފެށިގެން އޮކްޓޫބަރު ދޭއްވާ ހުކުރު ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
ކުވައިތްގެ އަމީރު ސަބާހް އަވަހާރަވި އިރު އުމުރުފުޅަކީ 91 އަހަރެވެ.
އާލަސްކަންފުޅުގެ ސަބަބުން އަމީރު ސަބާހް ވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އޮޕަރޭޝަނެއްވެސް ކުރައްވާފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން އަމީރުގެ ހާލާއި ގުޅޭގޮތުން ވަކި އެއްޗެއް ކުވައިތް ސަރުކާރުން ހާމަކޮށްފައި ނުވާކަމަށް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.