ހއ.އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

Advertisement
ހއ. އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
އުލިގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.
އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.
މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 5.6 މިލިއަން ރުފިޔާ އަށެވެ.
މިމަސައްކަތް ނިންމުމަށް ދީފައިވަނީ 170 ދުވަހުގެ މުއްދަތެކެވެ.
އިންޖީނުގޭގެ ބައެއް މަސައްކަތްތައް މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވާއިރު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ.