ads
ޒިޔާދާގެ ދެ ފިރިހެން ދަރިން--
ބައްޕައަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް ކުޑަ: ޒިޔާދާގެ ދޮށީ ދަރިފުޅު
ޒިޔާދާ ނައީމް ރޭޕްކުރިކަމުގެ ދައުވާއިން ކްރިމިނަލް ކޯޓުން ސަލާމަތްވި އިބްރާހިމް ޝާހުއަށް ހައިކޯޓުން މިއަދު އިއްވި ތިން އަހަރަށް ޖަލު ހުކުމް ކުޑަ ކަމަށް އެމީހުންގެ ދޮށީ ފިރިހެން ދަރިފުޅު، ޒިޔާން އިބްރާހީމް ހުސެއިން ބުނެފި އެވެ.
Advertisement

ގދ. ތިނަދޫއަށް ނިސްބަތްވާ ޒިޔާދާ ނައީމަށް ލިބުނު ޖިންސީ އަނިޔާތަކުގައި އޭނާ މަރުވެފައި ވަނީ 2015 ވަނަ އަހަރު އެވެ. 

އެ މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ. 

މިއަދު ރޭޕްގެ ދައުވާއާ ގުޅިގެން ތިން އަހަރުގެ ޖަލު ހުކުމެއް ޝާހުގެ މައްޗަށް ކުރުމާއެކު ޒިދާން ބުނީ އަސްލު ތިން އަހަރު ދުވަސް ވަރަށް ކުޑަކަމަށެވެ. އެކަމަކު މަންމައަށް އިންސާފު ލިބޭ ތަން ފެންނަމުން އަންނަ ކަމަށާއި އިތުރު ދެ ދައުވާއެއް އަދި ބައްޕަގެ މައްޗަށް އެބަ އޮތް ކަމަށެވެ. 

ޒިދާން ވަނީ އޭނާގެ މަންމައަށް އިންސާފު ލިބުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ. 

ޒިދާން އެފަދަ ގޮތަކަށް ޓްވީޓުކުރިއިރު ޒިޔާދާ އާއި ޝާހުގެ އެންމެ ހަގު ފިރިހެން ދަރިފުޅު ގެއިން ނެެރެލާފައިވާކަމުގެ އަޑުވެސް އަރަ އެވެ. 

އެގޮތުން އޭނާ އުޅެމުން އައީ ބައްޕަ އާއި ދޮންމަންމައާއެކުގައި ނަމަވެސް ބައްޕަގެ މައްޗަށް މިއަދު ކުރި ހުކުމާއެކު ދޮން މަންމަ އޭނާގެ ގާތު ގެއިން ނިކުތުމަށް ބުނުުމުން މިހާރު އޭނާ ހުރީ ރައްޓެއްސެއްގެ ގާތުގައި ކަމަށް ވެ އެވެ. 

0%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
91%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް