ads
ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފައްޓަވަނީ-- ފޮޓޯ: އެމްޓީސީސީ
ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފަށައިފި
ރ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ދުވާފަރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަންނަ އަހަރުގެ މެދު ތެރޭގައި މަސައްކަތް ނިމޭނެ ކަމަށެވެ.

އޭގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން އެމްޓީސީސީން އެ ރަށުގެ ހަތް މަގެއްގެ މަސައްކަތް ކޮށް ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ދުވާފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު، އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް ނަސީރު އަދި ސްޓޭޓް ޕްލޭނިން މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައި ވަނީ ސެޕްޓެމްބަރު 9 ގައެވެ. އެ ރަށުގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. 

ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2019 ވަނަ އަހަރުގެ ޖޫން މަހު ފެށިއިރު، އެ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ 12 މަގުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ މަސައްކަތް ނިމުމާއެކު ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ އެވެ. 

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 47 މިލިއަން ރުފިޔާ އަދި ދެވަނަ ފިޔަވައްސަށް 37 މިލިއަން ރުފިޔާ ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައި ވެއެވެ.

މަޝްރޫއު އެއްކޮށް ނިމިގެން ދާއިރު ދުއްވޭ ގޮތަށް 60،493 އަކަ މީޓަރުގެ ސަރަހައްދަކާއި ހިނގޭ ގޮތަށް 11،773 އަކަ މީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޔުޓިލިޓީ ކުންފުނިތަކާއި ގުޅިގެން ކަމަށާއި ކޭބަލް ހޮޅި ވަޅުލުމާއި މަގު ބައްތި ހަރުކުރުން ވެސް މަޝްރޫއު ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް