ads
ފޮޓޯ: މީރާ
ދިރާގުޕޭ މެދުވެރިކޮށް މީރާ ވާރުޕޭއަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި
ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ހިދުމަތް "ވާރުޕޭ " އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ހިދުމަތް މީރާއާއި ދިރާގު ގުޅިގެން ހަމަޖައްސައިފި އެވެ.

މި ހިދުމަތް ތައާރަފުކުރުމަށް މީރާގައި ބޭއްވި ހަފްލާގައި، މީރާއާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު އެވެ. އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސާ، ރޮބިން ވޯލްއެވެ.

މިކަމަށް ބޭއްވި ހާއްސަ ހަފްލާގައި މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި، މި ހިދުމަތަކީ މީރާއިން ިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ހިދުމަތެއްކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި، މިފަދަ ހިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ހިދުމަތްތައް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. 

މި ހަފްލާގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސާ ރޮބިން ވޯލް ދެއްކެވި ވާހަކަފުޅުގައި، މީރާގެ ޕޭމަންޓް ޕާޓްނަރެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ހިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރުތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. 

ވާރުފޭ ހިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއާޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް