13070
CONFIRMED

DEATHS
12001
RECOVERED
🌏64,508,175
INFECTED
🌏41,492,849
RECOVERED
🌏1,492,989
DEATH
🌏64%
RECOVERY RATE
ޕާޓީތަކާއި މަސްދަތުރުތައް އޯކޭއެއް ނޫން!
Share
ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ކޮންމެ ފިޔަވަޅެއްގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮންނަނީ އެންމެ އިލްތިމާސެކެވެ: އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް އާންމުން އެއްބާރުލުން ދިނުމެވެ. ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް އޮތްއިރު، އާއްމުންގެ ގިނަ ބަޔަކު މިކަން ހަނދާން ނެތިއްޖެ އެވެ. މިހާރު ޕާޓީތަކާއި މަސް ދަތުރުތައް ބޭއްވުން އާއްމެވެ. އެކަމަކު މިއީ އަދިވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.
Advertisement

ކޮވިޑް-19 ފަދަ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކޮންޓްރޯލް ކުރަން ކުރެވޭނެ އެންމެ ބޮޑު ކަމަކީ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމެވެ. ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ވީހާ ވެސް މަދުން ދިއުމެވެ. ޒަރޫރީ ބޭނުމެއް ނެތި ގިނަ ވަގުތު ބޭރުގައި ނޫޅުމެވެ. 

އެކަމަކު ބަލިން އަރައިގަނެވޭ ކޮންމެ ދަނޑިވަޅެއްގައި އަހަރުމެންގެ ފަރާތުން ފެންނަ ފަރުވާކުޑަކޮށްލުމުގެ އަމަލުތަކެވެ. މަސް ދަތުރާއި ޕާޓީތައް ބޭއްވުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ސިއްހީ މާހިރުން ލަފާދެ އެވެ. ރާއްޖެ އަށް ކޮވިޑް-19ގެ ދެ ވަނަ ރާޅެއް ވެސް ކުރިމަތިވީ ހަމަ މި ގޮތަށް ފަރުވާކުޑަކޮށްލުމުންނެވެ.

"އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އަޅުގަނޑުމެންނަށް ފެނިފައި މިވަނީ އަދި އެއީ މިހާތަނަށް ފެނުނު ވަރު. އަދި އޭގެ އިތުރުން އެއީ ގާތްގަނޑަކަށް ބަލައިފިއްޔާ ދުވާލަކު 34 މީހުނާ މީހަކު ބައްދަލުވެފައި އިނީމާ، އަޅުގަނޑުމެން މިކުރާ ގައިދުރުކުރުމޭ މި ބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލުކޮށްފައި ވޭތޯ ސުވާލު އުފެދޭ. ނުވާކަން މި އިނގެނީ ދެއްތޯ؟" އެޗުޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް، އެޕްރީލް މަހު ވިދާޅުވެފައިވެ އެވެ.

މިއީ ވައިރަސް ފެށުނުއިރުގެ ހާލަތެވެ. އެކަމުން އިބުރަތް ހާސިލްކޮށް ކަންތައްތައް ރަނގަޅުކޮށް ޕާޓީތަކާއި މަސްދަތުރު ފަދަ ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް ހިންގާ ހަރަކާތްތައް ނުބާއްވަން ތަކުރާރުކޮށް އެޗްޕީއޭ އިން އެންގި އެވެ. އެކަމަކު ޕާޓީތައް ވީ އިތުރެވެ. މަސްދަތުރުތައް ވީ ގިނަ އެވެ. އަލުން ޕޮޒިޓިވް ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މަޖުބޫރުވީ އެ ސަބަބާ ހުރެ އެވެ.

 

ހައްލަކީ ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިވެ ތިބުން

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކަށް ދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ރާއްޖޭގައި އެފަދަ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. 

"އެހެން ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މުޖުތަމައުގެ ތެރެއިން ފެންނަ ކަންކަމާ މެދު އެޗްއީއޯސީގެ ތެރޭގައި ދަނީ  މަޝްވަރާކުރަމުން، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް ކޮންމެ ދުވަހަކު މަޝްވަރާކުރަން،" ޑރ. އަފްޒަލް ވިދާޅުވެފައިވެ އެވެ.

ކޮވިޑް ހުއްޓުވުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައި އޮތީ، ހަރުކަށި އަދަބުތަކެއް ދިނުމަށް ވުރެ ބޮޑަށް ފަރުދީ ޒިންމާ އަދާކުރުމާ އެވެ. އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ނިއު ނޯމަލް އުސޫލުން ކަންތައްތައް ކުރުމަކީ ވެސް ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ވާޖިބެކެވެ. ޕާޓީތަކާއި އެއްވުންތައް ނުބާއްވަން ލަފާ ދީފައި ވަނިކޮށް އެކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ލިބޭ މީހެއް އެކަން އެޗްޕީއޭ އަށް އަންގަން އާއްމުންގެ އެހީތެރިކަމަށް އެޗްޕީއޭ އިން އެދުނީ ވެސް އެންމެންގެ ރައްކަލަކަށްޓަކަ އެވެ. އެއީ ހަގީގަތުގައި، ބޭއްވޭ އެއްވުމެއްގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅޭތީ އެވެ.

"އާއްމުންގެ ސަޕޯޓް އަޅުގަނޑުމެން ބޭނުންވާނެ އެފަދަ ކަންކަން އަޅުގަނޑުމެންނަށް އެންގުމުގައި. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިހާ އަދަދެއްގެ މީހުން އެބަ އުޅޭކަން ޕާޓީ ބާއްވާ، ބޮޑެތި ގެދަރިންސްތައް ބާއްވާ. އެ ކަންކަމަށް ބަލާފައި އަޅުގަނޑުމެންނަށް ފަސޭހަވާނެ އިތުރަށް ފިޔަވަޅެއް އަޅަން. އަދި ހަރުކަށިވާއިރު ވެސް އަޅުގަނޑުމެންނަށް ބުނެވެން އޮންނާނެ މިހާތަނަށް މިގޮތަށް މިތައް ޕާޓީތަކާއި އެއްވުންތައް ބާއްވާފައިވެއޭ،" ޑރ. އަފްޒަލް ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ޕާޓީތަކާއި މަސްދަތުރު ފަދަ އެއްވުންތައް ބާއްވާ މީހުންނަށް އެކަން ގޯސްކަން އެނގި ހުރެ ވެސް އެކަން ކުރާ ތަން. ހަގީގަތުގައި ޕާޓީތަކާއި މަސްދަތުރުތައް ބާއްވާތީ ގެއްލުން މި ލިބެނީ ބާއްވާ މީހާއަކަށް ނޫން. އެ ތަނަށް ދާ ކޮންމެ މީހަކަށް ވެސް ނުރައްކާ އެބަ އޮތް. މީގައި ބާއްވާ މީހާގެ ޒިންމާ އޭނާ އަދާނުކުރިޔަސް، އެ ތަނަށް ދާން ދައުވަތު ލިބޭ މީހާ އަށް ފަރުދީ ޒިންމާ އަދާކޮށް ގޭގައި މަޑުކޮށްލެވިދާނެ." 

ޒަމާނަށް އަންނަ ބަދަލުތަކާ އެކު ދިވެހިންގެ އާދަކާދައިގެ ތެރެ އަށް ޕާޓީ ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ހަރަކާތްތައް އޮތީ ވަދެފަ އެވެ. މިހާރު އެކަން އޮތީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމަކަށް ވެފަ އެވެ. ގިނަ ބަޔަކު އެކަމުގައި ބައިވެރިވެ އުޅެނީ ވެސް އާދަވެފައި ހުރުމުންނެވެ. 

އެކަމަކު މި ވަގުތު އެންމެ މުހިއްމީ ތިމާގެ އަމިއްލަ ހަމަޖެހުން އެކަންޏެއް ނޫނެވެ. މި ވަގުތު މުހިއްމީ އެންމެންގެ ރައްކާތެރިކަމެވެ. ތިމާ އަށް ބަލީގެ ނުރައްކާ ކުރިމަތިވާއިރު، އެ ބަލި އެ ހުށަހެޅެނީ ގޭގައި އުޅޭ އާއިލާގެ އެހެން މެމްބަރުންނާ ވެސް އެކު އެވެ.

ޕާޓީތަކާއި މަސްދަތުރު ފަދަ މީހުން އެއްވެ އުޅޭ ގޮތަށް ހިންގާ ހަރަކާތްތައް މި ދަނޑިވަޅަށް "އޯކޭއެއް ނޫނެ"ވެ. "ނިއު ނޯމަލް"ގެ ތެރެއިން އަމިއްލަ ރައްކާތެރިކަމަށް މަޑުޖައްސާލަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ މި ފަދަ ތަންތަނަށް ދާން ލިބޭ ދައުވަތުތަކެވެ.

 

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް