"ދަ ކިންގް: އިޓާނަލް މޮނާކް" ގައި އުޅޭ ލީ މިން ހޯ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފޭސްބުކްގައި ވެސް 20 މިލިއަން ފޮލޯވަރުން ހޯދާފަ އެވެ.
އެކަން ފާހަގަކުރުމަށް ލީ މިން ހޯގެ އެމްވައިއެމް އެންޓަޓެއިންމަންޓުން ވަނީ އިންސްޓަގްރާމުގައި ލީ މިން ހޯގެ ފޮޓޯ ވެސް ޝެއާކޮށްފަ އެވެ.
އިންސްޓަގްރާމާއި ފޭސްބުކްގެ އިތުރުން ވެއިބޯގައި 28.63 މިލިއަން ފޮލޯވަރުން ލީ މިން ހޯ އަށް ލިބިފައި ވެއެވެ. އަދި ޓްވިޓާގައި ތިން މިލިއަން މީހުން އޭނާ ފޮލޯ ކުރެ އެވެ.
"ލެޖެންޑް އޮފް ދަ ބްލޫ ސީ" އިން ފެނިގެން ދިޔަ ލީ މިން ހޯ މި ވަނީ ސިފައިންގެ ހިދުމަތަށް ފަހު "ދަ ކިންގް: އިޓާނަލް މޮނާކް" ގެ މަސައްކަތް ވެސް ނިންމާލާފަ އެވެ.