ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ސުންގަޑިއަކީ ނޮވެމްބަރު 5 ގެ ހެނދުނު 10:00 އެވެ.
ބިޑާ ގުޅޭ މައުލޫމާތު ސެޝަނެއް މި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި އޮންނާނެ އެވެ. އަދި އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން ބިޑް ޑޮކިޔުމެންޓުތައް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ.
ކުރިން މި މަޝްރޫއު ހަވާލުކުރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވަނީ އެކި ސަބަބުތަކާ ހެދި މަސައްކަތް ނިންމާލެވޭ ގޮތް ނުވެފަ އެވެ.
ނަމަވެސް އެ ކުންފުނިން ވަނީ ސްޓާފް އޭރިއާގެ 80 ޕަސަންޓާއި ގެސްޓު އޭރިއާގެ ބޮޑު ބަޔެއް ނިންމާ، ގާތްގަނޑަކަށް 69.4 މިލިއަން ރުފިޔާ (4.5 މިލިއަން ޑޮލަރު) ހޭދަކޮށްފަ އެވެ.