އެ އެއާލައިނުން ބުނީ ޑިސެމްބަރު 1 އިން ފެށިގެން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހޮނިހިރު ދުވަހު އެވެ.
ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކު އެއާގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުނަށް ދިޔުމުންނެވެ.
ކޮވިޑުގެ ކުރިން ސިލްކު އެއާއިން ކޮންމެ ދުވަހަކު އެއް ފްލައިޓު ރާއްޖެއަށް ބާއްވަ އެވެ. ސިލްކު އެއާގެ ދަތުރުތައް އަލުން ފަށަން ތައްޔާރުވި ނަމަވެސް ސިންގަޕޯ އެއާލައިންސްގެ ދަތުރު ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.