ads
ދިރާގުގެ ހެޑް އޮފީސް--
ދިރާގު ޕޭ އިން ކޭޝްބެކް ޕްރްމޯޝަނެއް ފަށައިފި
ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން ފަސް ޕަސަންޓު އަނބުރާ ލިބޭ ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ޕޭ މެދުވެރިކޮށް ބިލު ދައްކާ، ރީލޯޑުކޮށް ނުވަތަ ވިޔަފާރި ކުރުމުން ބިލުގެ ފަސް ޕަސަންޓު ވަގުތުން ދިރާގު ޕޭ ވޮލެޓަށް ޖަމާވާނެ އެވެ. 

އެގޮތުން ދިރާގު ޕޭ ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ވެސް ގިނަވެގެން 100 ރުފިޔާ ޖަމާވާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ފައިސާ އަނބުރާ ލިބުނުކަން ކަސްޓަމަރުންނަށް އެނގޭނީ މެސެޖަކުންނެވެ. އޭގެ އިތުރުން ދިރާގު ޕޭ އެޕުގެ "ޓްރާންސެކްޝަން ހިސްޓްރީ" އިން އަނބުރާ ލިބުނު އަދަދު ބަލާ ލެވޭނެ އެވެ.

ދިރާގު ޕޭ އެޕަކީ ހުރިހާ ނެޓްވޯކެއްގެ ފޯނަކުން ވެސް ވިޔަފާރި ކުރުމަށް ފަހު ފައިސާ ދައްކާ ހެދުމަށް ބޭނުން ކުރެވޭ ފަސޭހަ އެޕެކެވެ. 

މި އެޕަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ އެވެ. ދިރާގުން ބުނީ 300 އަށް ވުރެ ގިނަ ވިޔަފާރިތަކުން މިހާރު މި ހިދުމަތް ބޭނުން ކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް