ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބަލައި ނުގަންނަ ކަމަށާއި މިއީ ލިބުނު ބޮޑު ހިތާމައެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނޭޝެނަލް ކޮންގްރެސް ޕާޓީ ( ޕީއެންސީގެ ) ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Advertisement
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބަލައި ނުގަންނާނެ ކަމަށާއި މިއީ ލިބުނު ބޮޑު ހިތާމައެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނޭޝެނަލް ކޮންގްރެސް ޕާޓީ (ޕީއެންސީގެ) ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވައިގެން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމް ބަލައިގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސިޔާސީ ހަސަދައެއް ފިލުވާލުމަށްޓަކައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށްވެެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވީ މިއަދަކީ ވަރަށް ބޮޑު ހިތާމައެއް ލިބުނު ދުވަހެއް ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމެއް ވަރުބަލި ކަމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ހުކުމްކޮށްފަ އެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ރައީސް ޔާމީނަށް ވަނީ އަންގާފަ އެވެ.