
ޗުއްޓީ ހޭދަކުރަން އެންމެ "ފޭވްރިޓް" މަންޒިލަކީ ރާއްޖެ ކަމަށް ބުނެ އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ވަނީ ރާއްޖޭގައި ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
ގާތް އެކުވެރިންނާއެކު ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް ތާޕްސީ ވަނީ އޭނާގެ 17.7 މިލިއަން ފޮލޯވަރުންނަށް ހިއްސާކޮށްފަ އެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ތާޕްސީ ރާއްޖެއަށް އައިސްފައިވާއިރު އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް މީގެ ބައިގަޑިއިރުކުރިން ވަނީ ސްނޯކެލިންނަށް ދާން އުޅޭކަން ހާމަކޮށްފަ އެވެ.
ތާޖް އެގްޒޯޓިކާގައި ތާޕްސީ އޭނާގެ އެކުވެރިންނާއެކު ޗުއްޓީ ހޭދަކުރަމުން އަންނައިރު ރާއްްޖޭގައި މަޑުކުރާނީ ކިތައް ދުވަސްކަން ސާފެއް ނުވެ އެވެ.
ތާޕްސީ ރާއްޖޭގައި--
ދެހާސް ތޭރަވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" އާއި "މިޝަން މަންގަލް" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.
ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން، ތާޕްސީ ވަނީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
ރާއްޖޭގައި ތާޕްސީ ޗުއްޓީ ހޭދަކުރަމުން އަންނައިރު މިފަހުން ބަތަލާ މޯނީ ރޯއި އާއި މަންދީރާ ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.