ads
ރ. އިންނަމާދޫ ފުޓްސަލް ދަނޑު--
ރ. އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
ސަރުކާރުން ރ. އިންނަމާދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

އިންނަމާދޫ ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދަނޑުގެ މަސައްކަތް ނިންމާލަން، އެކި ސަބަބުތަކާއިހުރެ، ލަފާކުރި ތާރީހަށްވުރެ ގިނަ ދުވަސް ނަގާފައިވާ ކަމަށާއި، އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންވަނާ ކަމަށެވެ. 

މަހްލޫފް ވަނީ ދަނޑުގެ މަސައްކަތްތައް ކުރުމުގައި އިންނަމާދޫ ކައުންސިލާއި ރަށުގެ ޒުވާނުންގެ އިތުރުން، އިންނަމާދޫ ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. 

މި ދަނޑުގެ މަސައްކަތަށް ސަރުކާރުން 1.387 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ދަނޑުގެ މަސައްކަތް ކޮށްފައި ވަނީ ކޯޕައިންސް އިންވެސްޓްމަންޓްސް އާ ހަވާލުކޮށްގެންނެވެ. އެގޮތުން އެ ކުންފުންޏާއި މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް