ads
މިނިސްޓަރު ޒަހާ--
ފިޝަރީޒް މިނިސްޓަރު އަނެއްކާ ވެސް މަޖިލީހަށް ހާޒިރުކުރަނީ
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ހާޒިރުކުރުމަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރައްވަން ހުށަހަޅަފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. 

ޖާބިރު މިނިސްޓަރާ ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލަކީ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާއިރު، މިނިސްޓަރު އަތްއުރައި ލައްވައިގެން އިންނަވައި ދިވެހި މަސްވެރިންނަށް އިތުރުފުޅު ހައްދަވައި، ވައުދުތައް ނުފުއްދަވަނީ ކީއްވެތޯ ސުވާލުކުރުމަށެވެ. 

މިނިސްޓަރު މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން ނިންމިއިރު މީގެ ކުރިން އެތައް ފަހަރެއްގެ މަތިންް ސުވާލުކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރައްވާފައިވެ އެވެ. 

އޭގެ އިތުރުން ވެސް ފިޝަރީޒް މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ މައްސަލައެއް ވެސް މަޖިލީހުން ބަލާފައިވެ އެވެ. އެގޮތުން މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭކަމަށް ގަވައިދު ކޮމިޓީން ނިންމަވާފައިވާ ރިޕޯޓަށް ބަހުސް ކުރަމުން ސަރުކާރު ހިންގަވާ އެމްޑީޕީގެ މެމްބަރުން ވަނީ މީގެ ކުރިންވެސް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް