ads
ބެންކޮކްގެ މަގުތަކުގައި މުޒާހަރާ ކުރަނީ. ފޮޓޯ: ސްކައި ނިއުސް
ތައިލޭންޑްގައި ކުރަމުންދާ މުޒާހަރާތަކަށް ނިމުމެއް ނެތް، މިއަދުވެސް ކުރިއަށްދާނެ
މިއަދުވެސް ތައިލޭންޑްގައި މުޒާހަރާ ކުރިއަށް ދާނެކަމަށް މުޒާހަރާކުރާ ފަރާތްތަކުން ބުނެފި އެވެ.

ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މުޒާހަރާތަކުގައި، އާންމުން ދަނީ އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔުތް ޗަން-އޯޗާ މަގާމުން އިސްތިއުފާ ދިނުމަށާއި، ތައިލޭންޑްގެ ރަސްކަމުގެ އޮނިގަނޑު އިސްލާހުކުރުމަށް ގޮވާލައިފަ އެވެ. މުޒާހަރާތަކުގެ އިސް ސަފުގައި ހިމެނެނީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ.

ތައިލޭންޑްގައި ބުރާސްފަތި ދުވަހު ކުއްލި ހާލަތު އިއުލާންކޮށްފައި ވާއިރު، އިއްޔެވެސް އެ ގައުމުގެ ވެރިރަށް ބެންކޮކްގެ މަގުތަކުގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ރޫޅާލުމަށްޓަކައި އިއްޔެ ރައޮޓް ފުލުުހުން ފެންބަޑި ބޭނުންކޮށްފައި ވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ކުޑަ ބޭނުންކޮށްގެން ފުލުހުންނާއި ކުރިމަތިލުމަށް މަސައްކަތްކޮށްފަ އެވެ. އިއްޔެގެ މުޒާހަރާތަކުގައި ތިން މީހަކަށާއި ހަތަރު ފުލުހަކަށް އަނިޔާ ލިބިފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ 2014 ވަނަ އަހަރު ކުރި ބަގާވާތަކުން ބޮޑުވަޒީރުކަމާއި ހަވާލުވި ޕްރަޔުތް ޗަން-އޯޗާ މިދިޔަ އަހަރުގެ އިންތިހާބު ކާމިޔާބުކުރީ އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށް، މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. ޗަން-އޯޗާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތައް ވަނީ ރޭ ރައޮޓް ފުލުހުންގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި މިއަދު ހަވީރުވެސް މުޒާހަރާ ކުރިޔަށްދާނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް